މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ރޯގައިގެ ބަލިމަޑުކަން ފެތުރުމަކީ ދިމާވާ ކަމެކެވެ. ހާއްސަކޮށް ފިނި މޫސުމުގައި ރޯގައިގެ އެކި ކަހަލަ ބަލިމަޑުކަމާ ކުރިމަތިލާންޖެއެހެވެ. ކެއްސުމާއި ނޭފަތުން ފޭބުމާއި ކަރުގަ ރިއްސުމަކީ އާންމުކަމެކެވެ.

ބޮލީވުޑްގެ މަޝްހޫރު އެކްޓަރު ވިދްޔާ މަލަވަޑޭ އިންސްޓަގްރާމްގައި ވަނީ މޫސުމީ ރޯގަތަކުން ސަލާމަތް ވުމަށް އޭނާ ކުރަމުން އަންނަ ކަންކަން ފޭނުންނާ ހިއްސާކޮށްފައެވެ. ގޭގައި ތިބެގެން ރޯގާއިން ސަލާމަތްވުމަށް އެކަންކަން ކުރުމަށްވެސް އޭނާ އިލްތިމާސް ކޮށްފައިވެއެވެ.

ވީޑިއޯއާއި ފޮޓޯގެ ޒަރީޢާއިން އޭނާ ކުރަމުން އަންނަ ކަންކަން ހިއްސާކޮށްފައިވާއިރު ފުރަތަމަ ހިއްސާކޮށްފައިވަނީ އަލަނާސި ޖޫހުގެ ފޮޓޯއެވެ. އޭނާ ބުނެފައިވަނީ ކޮންމެ ދުވަހަކު އަލަނާސި ޖޫސް ބުއިމުގެ ސަބަބުން ކެއްސުން މަދުވެ، ނޭފަތް ބެދުމުގެ މައްސަލައަށް ހައްލެއް ލިބިފައިވާ ކަމަށެވެ. އަދި ނޭފަތުން ފޭބުމުގެ މައްސަލަވެސް މަޑުޖެހިފައިވާކަމަށް އޭނާ ބުނެފައިވެއެވެ.

View this post on Instagram

A post shared by VidyaMMalavade (@vidyamalavade)

އަދި އޭނާ ބުނެފައިވަނީ އެ ރޯގައިގެ ސަބަބުން ވަރަށް ބޮޑަށް ގައިގެ ވަރު ގޮސްފައިވާ ކަމަށެވެ. އަދި މިކަމުގެ ސަބަބުން ގައިގެ ވަރު ޖައްސާ ސްޓްރެސް ފިލުވައިލުމަށް އޭނާ ކުރި ކަސްރަތުތަކާއި ޔޯގާގެ ސްޓެޕްތައްވެސް އޭނާވަނީ އިންސްޓަގްރާމްގައި އޭނާގެ ފޭނުންނާ ހިއްސާ ކޮށްފައެވެ. އަދި އެ ކަސްރަތުތަކުގެ ސަބަބުން އެ މައްސަލައަށްވެސް ހައްލު ލިބިފައިވާކަމަށް އޭނާ ބުނެފައިވެއެވެ.

View this post on Instagram

A post shared by VidyaMMalavade (@vidyamalavade)

ވިދްޔާ ފެނިގެންދާ މަޝްހޫރު ފިލްމުތަކުގެ ތެރޭގައި "ޗަކް ދޭ އިންޑިއާ" އާއި "1920: އީވިލް ރިޓާންސް" ހިމެނެއެވެ.