މި އަހަރުގެ އޭއެފްސީ ޗެލެންޖް ކަޕް ފެށެން އެންމެ ހަތަރު ދުވަހަށް ވެފައިވާ އިރު މުބާރާތުގައި ވާދަކުރާ ޓީމުތައް ދަނީ މުބާރާތަށް އެންމެ ފަހުގެ ތައްޔާރީތައް ކުރަމުންނެވެ.

މުބާރާތުގެ ޓީމުތައް ދެ ގުރޫޕަކަށް ބެހިފައިވާ އިރު، މުބާރާތުގައި ރާއްޖެ ހިމެނެނީ ގުރޫޕް އޭގަ އެވެ. މި ގުރޫޕުގައި ރާއްޖޭގެ އިތުރުން ދެން ހިމެނެނީ ތުރުކެމެނިސްތާން، ނޭޕާލް އަދި ފަލަސްތީނެވެ.

މި ގުރޫޕްގެ ޓީމުތަކުގެ ފަރިތަކުރުންތަކަށް ބަލާ އިރު، ކޮންމެ ޤައުމަކުން ވެސް ވަނީ މުބާރާތަށް އެކަށީގެންވާ ގޮތެއްގައި ފަރިތަކުރުންތައް ގެންގޮސްފަ އެވެ. މިގޮތުން އެންމެ ބޮޑަށް މި މުބާރާތައް ތައްޔާރުވެފައި ވަނީ، މުބާރާތް ބާއްވާ ޤަޢުމުކަމަށްވާ ނޭޕާލެވެ.