މިމަހުގެ އަށަކުން 19 ވަނަ ދުވަހުގެ ނިޔަލަށް ނޭޕާލުގެ ވެރިރަށް ކަތަމަންޑޫގައި ބާއްވާ އޭއެފްސީ ޗެލެންޖް ކަޕުގައި ވާދަކުރާ އިންޑިޔާގެ ގައުމީ ފުޓްބޯޅަ ޓީމުގެ ސްކޮޑް އިއްޔެ އިއުލާން ކޮށްފި އެވެ. އިންޑިޔާގެ ގައުމީ ކޯޗް ސާވިއޯ މެދޭއިރާ އިއްޔެ އިއުލާންކުރި ސްކޮޑުގައި ހިމެނެނީ ޖުމްލަ 23 ކުޅުންތެރިންނެވެ.

އިންޑިޔާއިން އިއުލާން ކުރީ ގައުމީ ޓީމުގެ ސްކޮޑް:

ގޯލްކީޕަރު: ކަރަންޖިތް ސިންހް، ސުބާސިސް ރޯޗެދުރޭ، އަދި އެރިންޑަމް ބަހައްޓާޗެރިޔާ އެވެ.

ޑިފެންޑަރުން: ނިރުމާލް ޗެތުރީ، ސަމީރު ނައިކް، ގޮރުމާން ސިންހް، އަންވަރު އަލީ ކިންސުކުހް ދެބަންތަ، ސޭޑް ރާހިމް ނާބި އަދި ގުރަޖްޑާ ސިންހް އެވެ.

މިޑްފީލްޑަރުން: އާޑިލް ކާން، އެންތޯނޭ ޕެރޭރާ، ރެއިސަންގަމި ވަސުމް، ރޯކުސް ލަމަރޭ، ފުރެންޗަސް ފެރަންޑަސް، ޖެވެލް ރާޖާ، ލެނީ ރޮޑްރިގުއިސް އަދި ލަލަރިންޑިކާ ރަލެޓެވެ.

ފޯވާޑް: ސުނިލް ޗެތުރީ، ސުނިލް ސިންހް، ސީއެސް ސާބީތު އަދި ޖޯކިޔުއިމް އަބްރަންޗެސް އެވެ.

މިފަހަރުގެ މުބާރާތުގައި އިންޑިޔާއާ އެކު ގްރޫޕް ބީ ފަޅީގައި ހިމެނޭ ޓީމް ތަކަކީ ދެކުނު ކޮރިޔާ، ޕިލިޕީންސް އަދި ތަޖިކިސް ތާނެވެ. މުބާރާތުގައި އިންޑިޔާ ކުޅޭ ފުރަތަމަ މެޗުގައި މިމަހުގެ ނުވަ ވަނަ ދުވަހު ނިކުންނާނީ ތަޖިކިސްތާނާ ދެކޮޅަށެވެ. މިމެޗް ކުލޭނީ ކަތަމަންޑޫގެ ދާރިސްތު ސްޓޭޑިއަމްގައި ރާއްޖެ ގަޑިން 4:00 ޖަހާއިރު އެވެ.