09 Nov 2021, 22:40
މާލޭގައި ދިވެހި ފިރިހެނަކަށް ބިރުދައްކައި ބަރަހަނާކޮށް، ވީޑިއޯކޮށް، ފައިސާ ހޯދަން އުޅުނުކަމުގެ ތުހުމަތުގައި ހައްޔަރު ކުރި ތިން މީހުން ދޫކޮށްލައިފިއެވެ.
ފުލުހުން ބުނީ އެ ތިން މީހުން ދޫކޮށްލަން ނިންމީ މައްސަލަ ހުށަހެޅި ފަރާތުން މައްސަލަ ކުރިއަށް ގެންދަން ބޭނުން ނުވާތީ ކަމަށެވެ.
ފުލުހުން ބުނީ އެ މައްސަލަ ރޭ 03:49ހާއިރު ފުލުހުންނަށް ހުށަހަޅައިފައިވާ ކަމަށެވެ.
އެ މައްސަލައާ ގުޅިގެން ފުލުހުން ހައްޔަރު ކުރީ 24 އަހަރުގެ މީހަކާއި، 27 އަހަރުގެ މީހަކާއި 31 އަހަރުގެ މީހެކެވެ. އަދި ހައްޔަރުކޮށްފައިވާ އެންމެންނަކީ ވެސް ދިވެހި ފިރިހެނުން ކަމުގައި ފުލުހުން ބުނެއެވެ.
އެ ތިން މީހުން ދޫކޮށްލި ނަމަވެސް އެ މައްސަލަ ފުލުހުން އަދިވެސް އަންނަނީ ތަހުގީގު ކުރަމުންނެވެ.