ފާއިތުވީ 24 ގަޑިއިރުގެ ތެރޭގައި ނެގި ސާމްޕަލްތަކުން ރާއްޖެއިން އިތުރު 160 މީހުން ކޮވިޑަށް ޕޮޒިޓިވްވެއްޖެއެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ(އެޗްޕީއޭ) އިން އާއްމުކުރި ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި އަލަށްނެގި 4،483 ސާމްޕަލްގެ ތެރެއިން މާލެއިން ޕޮޒިޓިވްވީ 25 މީހުންނެވެ.

އަތޮޅު ތެރޭގެ ރަށްރަށުން ޕޮޒިޓިވް ވެފައިވަނީ 89 މީހުންނެވެ. އަދި ރިސޯޓުތަކުން މުޅިއެކު 20 މީހުން ޕޮޒިޓިވް ވެފައިވާކަމަށް ވެސް އެޗްޕީއޭގެ ތަފާސް ހިސާބު ތަކުން ދައްކައެވެ.

މި ބަލީގައި 12 މީހަކަށް މިހާރު ހޮސްޕިޓަލުތަކުގައި އަންނަނީ ފަރުވާ ދެމުންނެވެ. މިއާއެކު، މިހާތަނަށް ރާއްޖެއިން ބަލި ޖެހުނު މީހުންގެ އަދަދު ވަނީ 89،126 އަށް އަރާފައެވެ. އޭގެ ތެރެއިން މިއަދާ ހަމަައަށް 86،787 މީހުން ވަނީ ބަލިން ރަނގަޅުވެފައެވެ.

މިހާރު ކޮވިޑްގެ އެކްޓިވް ކޭސްގެ އަދަދަކީ 2،080އެވެ. މި ބަލީގައި މަރުވި މީހުންގެ އަދަދު ވަނީ 246އަށް އަރާފައެވެ.