03 Mar 2012, 13:17
މިސީޒަން ނިމުމުން ކޮލޯންގެ ޖަރުމަން ފޯވާޑް ލޫކަސް ޕޮޑޮލްސްކީ އާސެނަލް އާއި ގުޅުމަށް އެއްބަސްވެފައިވާ ކަމަށް ރިޕޯޓްތައް ބުނަން ފަށައިފި އެވެ.
މިރިޕޯޓުތަކުގައިވާ ގޮތުގައި ކޮލޯން ދޫކޮށް އާސެނަލް އަށް ދާން ޕޮޑޮލްސްކީ ނިންމީ ކޮލޯން އަށް މާއެދެވޭ ކާމިޔާބީތަކެއް ލިބެމުން ނުދާތީ އެވެ. ނަމަވެސް ކޮލޯން ދޫކޮށް ދާނީ ކުލަބާއި އެކު މަޝްވަރާ ކުރުމަށް ފަހުގައު ކަމަށް ޕޮޑޮލްސްކީ ބުނަމުން ދެ އެވެ.
"ކުލަބަކުން ހުށަހެޅުމެއް ލިބިއްޖެއްޔާ ކުލަބަށް އެނގޭނެ. ކުލަބުން އަހަރެން ބޭނުންނުވާނަމަ އަހަރެން އެހެން ކުލަބަކަށް ދާނަން. އަހަރެންނަށް ވަރަށް ގިނަ ހުށަހެޅުންތައް އެބަ ލިބޭ." ޕޮޑޮލްސްކީ ބުންޏެވެ.
ޕޮޑޮލްސްކީ އަށް އިނގިރޭސި ކުލަބު އާސެނަލް އިން ކުރިން ވެސް ހުށަހެޅުމެއް ހުށަހަޅާފައިވާ ކަމަށް ކުރިން އޭނާގެ އެޖެންޓް ބުނެފައި ވެއެވެ. ނަމަވެސް ޕޮޑޮލްސްކީ އެކުލަބާއި ވާހަކަ ނުދައްކާކަމަށް އޭނާ ވަނީ ކަށަވަރު ކޮށްދީފައެވެ. ޕޮޑޮލްސްކީ އަކީ ބެޔާން މިއުނިކަށް ކުރިން ކުޅުނު ޖަރުމަން ގައުމީ ޓީމުގެ ތަރި އެކެވެ.