09 Nov 2021, 19:18
އިންޑިޔާ އާއި ރާއްޖޭގެ އިންޓަނެޝަނަލް ޔޫތް އެކްސްޗޭންޖް ޕްރޮގްރާމްގެ (އައި.އީ.ވައި.ޕީ) ދަށުން 14 ޒުވާނުން ހިމެނޭ ވަފުދެއް އިންޑިއާއަށް މި މަހު 10-17 އަށް ދިއުމަށް ހަމަޖައްސައިފިއެވެ.
މި ދަތުރަކީ އިންޑިއާގެ މިނިސްޓްރީ އޮފް ޔޫތް އެފެއަރޒް އެންޑް ސްޕޯޓްސް އިން ރާވާފައިވާ ދަތުރެކެވެ. މާދަމާގެ މި ދަތުރަށް ފުރުމަށް ތައްޔާރުވެފައިވާ ބައިވެރިން ވަނީ އިންޑިއާ ހައިކޮމިޝަންގެ "ޗާޖް ޑެ އެފެއަރޒް" ރޯހިތް ރަތިޝް އާއި މިއަދު ބައްދަލު ކޮށްފައެވެ.
މީގެ ކުރިން 2018 މާރޗް މަހުގެ 15-22 ގައި ވެސް އައި.އީ.ވައި.ޕީ ގެ ދަށުން ވަނީ ޒުވާނުންގެ ވަފްދެއް އިންޑިއާއަށް ޒިޔާރަތްކޮށްފައެވެ.
މިދަތުރުގައި އިންޑިއާގެ ނިއުދިއްލީ، އުދައިޕޫރް އަދި އާގްރާހިމެނޭ ގޮތަށް އެކި ސިޓީތަކަށް ޒިޔާރަތް ކުރާނެއެވެ. މީގެ ތެރޭގައި އެގްރިކަލްޓަރ ޔުނިވަރސިޓީ އަކަށް ޒިޔާރަތް ކޮށް ސައިންޓިސްޓުން އަދި ދަރުވަރުންނާއި ބައްދަލުކޮށް ތަފާތު ޒަމާނީ ދަނޑުވެރިކަމުގެ އުކުޅުތަށް އަދި ވަސީލަތްތައް ދަސްކުރުން ހިމެނޭނެއެވެ.
އެގޮތުން އިންޑިއަން އިންސްޓިޓިއުޝަަން އޮފް މެނޭޖްމަންޓްގެ ވިޔަފާރިވެރިންނާއި ބައްދަލުކޮށް އިންޑިއާގެ ޒުވާނުންގެ ވިޔަފާރީތަށް އަދި އިންޑިއާގެ ސްޓާޓް އަޕް އިކޯސިސްޓަމްގެ ތައާރަފް ލިބިގަތުން ރަނގަޅު ޔުނިވަރސިޓީ އެއްގެ ރިސާރޗަރސް އަދި ސްކޮލާރސް އާއި ބައްދަލު ކުރުން ހިމެނެއެވެ.
އަދި އެހެންމެ ކުޑަކުދިންގެ ހިމާޔަތަށް އަދި އަންހެނުން ބާރުވެރިކުރެވުމަށް ހިންގާ އެންޖީއޯގެ މެމްބަރުންނާއި ބައްދަލުކުރުމާއި، ނެހްރޫ ޔޫވާ ކެންޑްރަ ސަންގަތަންގެ މައި އޮފީސް އަދި ކްލަބް ހައުސަސްއަށް ޒިޔާރަތް ކުރުން ވެސް މި ދަތުރުގައި ހިމެނެއެވެ.
މި ދަތުރުގެ ބައިވެރިން ރާއްޖޭއާއި ގުޅޭގޮތުން، އަދި ޒުވާނުން އަދި ޒުވާން ކްލަބްތަކުގެ ޕްރެޒެންޓޭޝަންއެއް ވެސް ދިނުމަށް ވަނީ ހަމަޖެހިފައެވެ. އަދި އިންޑިއާގެ ސަގާފަތާއި އާދަކާދަތަށް ބެލުމާއި، ތާރީޚީ އަދި ޓުއަރިސްޓު ތަންތަނަށްވެސް ޒިޔާރަތްކުރާނެއެވެ.
މި ދަތުރަކީ އިންޑިއާގެ މިނިސްޓްރީ އޮފް ޔޫތް އެފެއަރޒް އެންޑް ސްޕޯޓްސް އަދި ރާއްޖޭގެ މިނިސްޓްރީ އޮފް ޔޫތް،ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމެންޓް އިން ވެފައިވާ އެމްއޯޔޫގެ ދަށުން ރޭވިފައިވާ ދަތުރެކެވެ. މި އެމްއޯޔޫގައި ސޮއިކުރެވުނީ އިންޑިއާގެ ހާރިޖީ ވަޒީރު ހަރްޝް ވަރްދަން ޝްރިންގްލާގެ ދަތުރުފުޅުގައެވެ.