09 Nov 2021, 14:16
ކުރިއަށް އޮތް ތިން ދުވަހު ވައި ގަދަވެ، ކަނޑުތައް ގަދަވާނެކަމަށް ލަފާ ކުރެވޭތީ، ކަނޑުދަތުރުކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް މޫސުމާ ބެހޭ ގައުމީ އިދާރާ މެޓް އޮފީހުން އިލްތިމާސް ކޮށްފިއެވެ.
މޫސުމާ ބެހޭ ގައުމީ އިދާރާއިން ބުނީ ރާއްޖެއާ ދުރުން ބޭ އޮފް ބެންގާލްގައި އުފެދިފައިވާ ދެ ކޮޅިގަނޑުގެ ސަބަބުން ކުރިއަށް އޮތް ތިން ދުވަހު ރާއްޖޭގެ ހުރިހާ ސަރަހައްދެއްގައި އާއްމުވައި ގަދަވުމާއެކު، ކަނޑުތައް ގަދަވާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ.
ކުރިއަށް އޮތް 3 ދުވަހު ވައި ގަދަވެ، ކަނޑުތައް ގަދަވާނެކަމަށް ބެލެވޭތީ ސަމާލުވުމަށް ދަންނަވަން.
All are advised to be cautious of strong winds and rough seas during the next 3 days.
For continuous weather updates, please follow MMS Viber group,https://t.co/jVN4MpAbFUpic.twitter.com/cIbluWj7eo— Maldives Meteorology (@MetMaldives)November 9, 2021
އެހެންކަމުން ހުރިހާ ފަރާތްތަކުން، ހާއްސަކޮށް ކަނޑުދަތުރުކުރާ ފަރާތްތަކުން މޫސުމަށް ވަރަށް ބޮޑަށް ސަމާލުވެ، ސަލާމަތީ ގޮތުން އަޅަންޖެހޭ ފިޔަވަޅުތައް ޔަގީން ކުރުމަށް މެޓް އޮފީހުން ވަނީ އެދިފައެވެ.
ބޭ އޮފް ބެންގާލްގައި އުފެދިފައިވާ ދެ ކޮޅިގަނޑުގެ ސަބަބުން އަވަށްޓެރި ސްރީލަންކާއަށްވެސް މޫސުން ގޯސްވެ، އެގައުމުގެ ބޮޑު ބަޔަކަށް ވަނީ ރެޑް އެލާޓް ނެރެފައެވެ.
ލަންކާގެ މީޓިއޮރޮލޮޖީ ޑިޕާޓްމަންޓުން ރެޑް އެލާޓް ނެރުނީ ކޮލޮމްބޯ ހިމެނޭ ހުޅަނގު ޕްރޮވިންސާއި، ހުޅަނގު އުތުރު، ސަބަރަގަމުވާ އަދި އުތުރު ޕްރޮވިންސް ހިމެނޭ ސަރަހައްދުތަކަށެވެ.