03 Mar 2012, 13:05
ކުރީގެ ހާރިޖީ ވަޒީރު އަލްއުސްތާޛު ފަތުޙުﷲ ޖަމީލު އަވަހާރަވުމަކީ ގައުމަށް ލިބުނު ވަރަށް ބޮޑު ހިތާމައެއް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙަންމަދު ވަޙީދު ވިދާޅުވެއްޖެ އެވެ.
ރައީސް މިހެން ވިދާޅުވެފައިވަނީ، ފަތުޙުﷲ ޖަމީލު އަވަހާރަވުމާ ގުޅިގެން، މިނިސްޓްރީ އޮފް ފޮރިން އެފެއާޒްގައި ހުޅުއްވާފައިވާ ތައުޒިޔާގެ ދަފްތަރުގައި، ސޮއި ކުރެއްވުމަށް މިއަދު އެ މިނިސްޓްރީއަށް ވަޑައިގެން އެފޮތުގައި ލިޔުއްވި ބަޔާނެއްގައި ކަމަށް ރައީސް އޮފީހުން ބުންޏެވެ.
ރައީސްގެ ބަޔާނުގައި، ރާއްޖޭގައި އެންމެ ގިނަ ދުވަހު ޚާރިޖީ ވަޒީރުކަން ކުރެއްވި ބޭފުޅަކީ، ފަތުޙުﷲ ޖަމީލުކަން ފާހަގަކުރައްވައި އެ މަނިކުފާނަކީ، އެނޫންވެސް ކިތަންމެ ގޮތަކުން ގައުމަށް ހިދުމަތްތަކެއް ކޮށްދެއްވާފައިވާ ބޭފުޅެއް ކަމުގައި ވިދާޅުވެފައިވެ އެވެ.