03 Mar 2012, 11:53
އެމްޑީޕީ ޕާލަމެންޓްރީ ގުރޫޕުގެ ރައީސް އަދި ނައިބު ނައިބު ރައީސް ހޮވުމަށް ކޮންމެ އަހަރަކު އެއްފަހަރު ބާއްވާ އެމްޑީޕީ ޕާލަމެންޓްރީ ގުރޫޕްގެ އިންތިހާބު މި މަހުގެ 28 ވަނަ ދުވަހު ބޭއްވުމަށް އިއުލާން ކޮށްފި އެވެ.
އެމްޑީޕީން ބުނީ އެޕާޓީގެ ޕާލަމެންޓްރީ ގުރޫޕްގެ އިންތިހާބުގައި ރައީސް އިތުރުން ދެ ނައިބު ރައީސުންނާއި ޕާލަމެންޓްރީ ގުރޫޕްގެ ސެކެރަޓަރީ ޖެނަރަލް އާއި ސެކެރަޓަރީ ޖެނަރަލްގެ ނައިބު އިތުރުން ތިން ވިޕުން ވެސް އިންތިހާބު ކުރަން ހަމަޖައްސާފައިވާ ކަމަށެވެ.
ޕާލަމެންޓްރީ ގްރޫޕުގެ މި މަގާމުތަކަށް ކުރި މަތިލުމުގެ ފުރުސަތު ހުޅުވާލާފައިވަނީ މި މަހުގެ 15 ވަނަ ދުވަހުގެ ނިޔަލަށެވެ.
އެމްޑީޕީގެ ޕާލަމެންޓްރީ ލީޑަރަކު ހޮވުމަށް މިދިޔަ އަހަރު ބޭއްވި އިންތިހާބު ހުޅުހެންވޭރު ދާއިރާގެ މެންބަރު ރީކޯ މޫސަ މަނިކު ކާމިޔާބުކުރި ކުރި ނަމަވެސް އެނާ އެ މަގާމުން އިސްތިއުފާ ދެއްވުމާއިކު ޕާލަމެންޓްރީ ގުރޫޕްގެ ބައި އިލެކްޝަނެއް ބާއްވާ ޕާލަމެންޓްރީ ގުރޫޕްގެ ލީޑަރެއްގެ ގޮތުގައި ހިންނަވަރު ދާއިރާގެ މެންބަރު އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) ވަނީ އިންތިހާބު ކޮށްފަ އެވެ. އެ ގްރޫޕުގެ ނައިބު ލީޑަރަކީ ދިއްދޫ ދާއިރޭގެ މެންބަރު އަހުމަދު ސަމީރެވެ.