07 Nov 2021, 22:17
ފާއިތުވީ 24 ގަޑިއިރުގެ ތެރޭގައި ނެގި ސާމްޕަލްތަކުން ރާއްޖެއިން އިތުރު 182 މީހުން ކޮވިޑަށް ޕޮޒިޓިވްވެއްޖެއެވެ.
ހެލްތު ޕްރޮޓެކްޝަން އެޖެންސީ(އެޗްޕީއޭ)ގެ ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި މާލޭ ސަރަހައްދުން އަލަށް ނެގި 1,417 ސާމްޕަލްގެ ތެރެއިން ޕޮޒިޓިވްވީ 24 މީހުންނެވެ.
މުޅި ރާއްޖެއިން 4,656 މީހުންގެ ސާމްޕަލް ނެގިފައިވާއިރު އަތޮޅު ތެރޭގެ ރަށްތަކުން ޕޮޒިޓިވް ވެފައިވަނީ 182 މީހުންނެވެ. އަދި ރިސޯޓުތަކުން މުޅިއެކު 34 މީހުން ޕޮޒިޓިވް ވެފައިވާކަމަށްވެސް އެޗްޕީއޭގެ ތަފާސް ހިސާބު ތަކުން ދައްކައެވެ.
މި ބަލީގައި 26 މީހަކަށް މިހާރު ހޮސްޕިޓަލުތަކުގައި އަންނަނީ ފަރުވާ ދެމުންނެވެ. މިއާއެކު، ބަލި ޖެހުނު މީހުންގެ އަދަދު ވަނީ 88،817އަށް އަރާފައެވެ. އޭގެ ތެރެއިން މިއަދާ ހަމަައަށް 86،559 މީހުން ވަނީ ބަލިން ރަނގަޅުވެފައެވެ.
މިހާރު ކޮވިޑްގެ އެކްޓިވް ކޭސްގެ އަދަދަކީ 2,000އެވެ. މި ބަލީގައި މަރުވި މީހުންގެ އަދަދު ވަނީ 245އަކަށް އަރާފައެވެ.