06 Nov 2021, 22:31
ފާއިތުވީ 24 ގަޑިއިރުގެ ތެރޭގައި ނެގި ސާމްޕަލްތަކުން ރާއްޖެއިން އިތުރު 119 މީހުން ކޮވިޑަށް ޕޮޒިޓިވްވެއްޖެއެވެ.
ހެލްތު ޕްރޮޓެކްޝަން އެޖެންސީ(އެޗްޕީއޭ) އިން އާއްމުކުރި ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި މާލޭ ސަރަހައްދުން އަލަށް ނެގި 1،124 ސާމްޕަލްގެ ތެރެއިން ޕޮޒިޓިވްވީ 18 މީހުންނެވެ.
މުޅި ރާއްޖެއިން 3،685 މީހުންގެ ސާމްޕަލް ނަގާފައިވާއިރު އަތޮޅު ތެރޭގެ ރަށްރަށުން ޕޮޒިޓިވް ވެފައިވަނީ 96 މީހުންނެވެ. އަދި ރިސޯޓުތަކުން މުޅިއެކު ފަސް މީހުން ޕޮޒިޓިވް ވެފައިވާކަމަށް ވެސް އެޗްޕީއޭގެ ތަފާސް ހިސާބު ތަކުން ދައްކައެވެ.
މި ބަލީގައި 28 މީހަކަށް މިހާރު ހޮސްޕިޓަލުތަކުގައި އަންނަނީ ފަރުވާ ދެމުންނެވެ. މިއާއެކު، މިހާތަނަށް ރާއްޖެއިން ބަލި ޖެހުނު މީހުންގެ އަދަދު ވަނީ 88،635އަށް އަރާފައެވެ. އޭގެ ތެރެއިން މިއަދާ ހަމަައަށް 86،302 މީހުން ވަނީ ބަލިން ރަނގަޅުވެފައެވެ.
މިހާރު ކޮވިޑްގެ އެކްޓިވް ކޭސްގެ އަދަދަކީ 2،075އެވެ. މި ބަލީގައި މަރުވި މީހުންގެ އަދަދު ވަނީ 245އަކަށް އަރާފައެވެ.