ދަރުބާރުގޭ ފުރަގަހުން ބަނގުރާ ހުސްކުރި ފުޅިތަކާއި މާރާމާރީ ހިނުމަށް ބޭނުކުރާ އާލާތްތަކެއް ފުލުހުން މިރޭ ހޯދައިފި އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލަކު މިރޭ ވިދާޅުވީ މިރޭ ގާގްގަނޑަކަށް 11:15 އެހާކަން ހާއިރު ދަރުބާރުގޭ ފުރަގަހުން ބަނގުރާ ހުސްކުރި ފުޅިތަކާއި މާރާމާރީ ހިންގުމަށް ބޭނުންކުރާ ބައެއް އާލާތްތައް ފެނިގެން ފުލުހުން މިހާރު އެކަން ތަހުގީގު ކުރަމުން އަންނަ ކަމަށެވެ.

"ދަރުބާރުގޭ ފުރަގަހުން ފެނުނީ ބަނގުރާ ހުސްކުރި ފުޅިތަކާއި މާރާމާރީ ހިންގުމަށް ބޭނުންކުރާ އާލާތްތައް. ވަޅިއެއް ވެސް މިރޭ ވަނީ ފެނިފައި،" މީޑިއާ އޮފިޝަލް ވިދާޅުވި އެވެ.

އެ މައްސަލައާއި ގުޅިގެން އެއްވެސް މީހަކު މިހާތަނަށް ހައްޔަރުކޮށްފައި ނުވާކަމަށާއި އެމައްސަލަ މިހާރު ތަހުގީގުކުރަމުން އަންނަކަމަށް ވެސް ފުލުހުން ބުންޏެވެ.

މިދިޔަ ބުދަ ދުވަހުގެރޭ ވެސް ފުލުހުން ވަނީ މަސްތުވާތަކެއްޗާއި މާރާމާރީ ހުންގުމަށް ބޭނުންކުރެވޭ ޒާތުގެ ތޫނު ހަތިޔާރުތަކެއް ހެންވޭރުގެ ސަރަހައްދަކުން ހޯދާފަ އެވެ.