ރާއްޖެ އައި ބްރެޒިލް ދެ މީހެއްގެ ލަގެޖުން 18 ކިލޯ މަސްތުވާތަކެވި ފެނިއްޖެއެވެ.

އެ މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ބްރެޒިލަށް ނިސްބަތްވާ އަންހެނަކާއި ފިރިހެނެކެވެ. އެއީ 28 އަހަރުގެ ކްރިސްޓިއާނޯ ސިލްވާ ރޮޑްރިޖް ޖޫނިއާ އަދި 37 އަހަރުގެ ނައިރު ނުނެސް ޑިސްސޫޒާ އެވެ.

އެ ދެ މީހުންގެ ތެރެއިން މަސްތުވާތަކެތި ފެނިފައިވަނީ, ކްރިސްޓްއާނޯ ސިލްވާގެ ލަގެޖުންނެވެ. އެކަމަށް އޭނާ ވަނީ އިއުތިރާފް ވެސް ވެފައެވެ. ފެނުނު މަސްތުވާތަކެތީގެ ބަރުދަނުގައި 18.857 ހުރި ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

އެ މައްސަލައާ ގުޅިގެން މަސްތުވާތަކެތި ފެނުނު ލަގެޖާއި ހަވާލުވި ފިރިހެން މީހާގެ ބަންދަށް ވަނީ 15 ދުވަސް އިތުރުކޮށްދީފައެވެ.

އޭނާއާ އެކު ހައްޔަރުކުރި އަންހެން މީހާއަށް ލަގެޖުގައި މަސްތުވާތަކެތި ހުރިކަން ނޭންގޭ ކަމަށް ވަނީ ބުނެފައެވެ. އެކަމަށް ކްރިސްޓްއާނޯ ސިލްވާ ވެސް ވަނީ އެއްބަސްވެފައެވެ. ނަމަވެސް އަންހެން މީހާގެ ބަންދަށް ވަނީ ހަތް ދުވަސް އިތުރުކޮށްދީފައެވެ. ސަބަބެއް ކަމަށް ގާޒީ ވިދާޅުވީ, އޭނާއާ އެކު ދަތުރުކުރި އަނެއް މީހާ އަތުން މަސްތުވާތަކެތި ފެނުމުން އެކަމަށް ހެކި ގަރީނާ ހޯދުމަށް ކަމަށެވެ.

މިފަހުން ރާއްޖެއަށް މަސްތުވާތަކެތި އެތެެރެކުރަން އުޅުނު ބްރެޒިލްގެ އިތުރު ދެ މީހަކު ވެސް ވަނީ ގިނަ އަދަދެއްގެ ކޮކެއިންނާއި އެކު ހައްޔަރުކޮށްފައެވެ.