02 Mar 2012, 23:37
ރައްޔިތުންގެ މަޖިލިސް އޮމާންކަމާއި އެކީ ކުރިއަށް ގެންދެވި، މުޖުތަމައުގެ ސުލްހަމަސަލަސް ކަމާއި މަގުމަތީގެ އަމާންކަމާއި ސަލާމަތްކަން އިއާދަވަންދެން އޯލް ޕާޓީ ޓޯކްސްގައި ބައިވެރި ނުވަން ނިންމާފައިވާ ކަމަށް އަދާލަތު ޕާޓީން ބުނެފި އެވެ.
އަދާލަތު ޕާޓީން މިރޭ ނެރުނު ނޫސްބަޔާނެއްގައި ބުނަނީ ރައްޔިތުންގެ މަޖިލީހުގައި ރައީސް ޑރ. ވަހީދަށް ރިޔާސީ ބަޔާން އިއްވިޔަ ނުދިނުމަށް އެމްޑީޕީން ހުރަސް އެޅަން ކުރި ކަންތައްތަކުގައި ދިވެހި ތާރީޚުގައި ވެސް ފެނިފައި ނުވާވަރުގެ ކަންތައް ތަކެއް ފެނިފައިވާ ކަމަށެވެ. އަދި އެމްޑީޕީން އިއްޔެ ކުރި މުޒާހަރާގައި ފުލުހުންނަށް ބޮޑެތި އަނިޔާތަކެއް ކޮއްފައިވާ ކަމަށް ވެސް އަދާލަތުގެ ބަޔާނުގައި ވެއެވެ.
އެހެންކަމުން ރައްޔިތުންގެ މަޖިލީސް އޮމާންކަމާއި އެކީ ކުރިއަށް ގެންދެވި މުޖުތަމައުގެ ސުލްހަމަސަލަސްކަމާއި މަގުމަތީގެ އަމާންކަމާއި ސަލާމަތްކަން އިއާދަ ވަންދެން އަދާލަތު ޕާޓީން އޯލް ޕާޓީ ޓޯކްސް ގައި ބައިވެރިނުވުމަށް ނިންމާފައި ވާކަމަށް އަދާލަތުގެ ބަޔާނުގައި ވެއެވެ.
" މަޖިލީސް އޮމާންކަމާއި އެކީ ކުރިއަށް ގެންދެވި މުޖުތަމައުގެ ސުލްހަމަސަލަސްކަމާއި މަގުމަތީގެ އަމާންކަމާއި ސަލާމަތްކަން އިއާދަ ވަންދެން އަދާލަތު ޕާޓީން އޯލް ޕާޓީ ޓޯކްސް ގައި ބައިވެރިނުވުމަށް ވަނީ ނިންމާފައި،" އަދާލަތު ޕާޓީގެ ބަޔާނުގައި ވެއެވެ.
އޯލް ޕާޓީ ޓޯކްސްގައި ބައިވެރި ނުވުމަށް އަދާލަތު ޕާޓީން ނިންމާފައި ވާއިރު، ޑީއާރުޕީ އާއި ޕީޕީއެމް އިން ވެސް ބުނެފައި ވަނީ މަޖިލިސް ހަމަޔަކަށް އެޅެންދެން އެ ދެ ޕާޓީން ވެސް އޯލް ޕާޓީ ޓޯކްސްގައި ބައިވެރިނުވުމަށް ނިންމާފައިވާ ކަމަށެވެ.