03 Nov 2021, 09:57
ރާއްޖެއަށް މި ދުވަސްވަރު ކުރަމުންދާ ވިއްސާރައާ ގުޅިގެން ކ. އަތޮޅުން ފެށިގެން ލ. އަތޮޅަށް ޔެލޯޓް އެލާޓް ނެރެފިއެވެ.
ކ. އަތޮޅުން ފެށިގެން ލ. އަތޮޅުގެ ރަށްތަކަށް ޔެލޯ އެލާޓް ނެރެފައިވަނީ މިއަދު 8:45 އިން މެންދުރު 12:00 އާއި ދެމެދުގެ ވަގުތުތަކަށެވެ.
މޫސުމާއިބެހޭ ގައުމީ އިދާރާ (މެޓް އޮފީސް) އިން ބުނީ މި ވަގުތުތަކުގައި އެ ސަރަހައްދަށް ބޯކޮށް ވާރޭ ވެހުމާއެކު ގުގުރާނެ ކަމަށް ލަފާ ކުރެވޭ ކަމަށެވެ.
މެޓް އޮފީހުން ބުނެފައިވަނީ ރާއްޖެއަށް މި ދުވަސްވަރު މިކުރާ ވިއްސާރައަކީ ސްރީލަންކާ ކައިރީގައި އުފެދިފައިވާ ކޮޅިގަނޑެއްގެ ސަބަބުން ކުރަމުން ވިއްސާރައެއް ކަމަށެވެ.
އެހެންކަމުން އާއްމުކޮށް ހުރިހާ ފަރާތްތަކުންނާއި ހާއްސަކޮށް ކަނޑުދަތުރު ކުރާއިރު މޫސުމަށް ސަމާލުވުމާއެކު، ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް މެޓުން ވަނީ އިލްތިމާސްކޮށްފައެވެ