ފާއިތުވެދިޔަ 24 ގަޑިއިރުގެ ތެރޭގައި ރާއްޖެއިން ނެގި 3،790 ސާމްޕަލްގެ ތެރެއިން 143 މީހަކު ކޮވިޑް-19އަށް ޕޮޒިޓިވް ވެއްޖެއެވެ.

މިރޭ އެޗްޕީއޭއިން އާންމުކޮށްފައިވާ ތަފާސް ހިސާބު ދައްކާގޮތުން ވޭތުވެދިޔަ 24 ގަޑިއިރު ތެރޭގައި ޕޮޒިޓިވްވެފައިވަނީ، އަތޮޅުތެރެއިން 117 މީހަކާއި މާލެސަރަހައްދުން 23 މީހުންނެވެ.

މީގެ އިތުރުން، ރިސޯޓުތަކުން ތިން މީހަކު ޕޮޒިޓިވްވެފައިވެއެވެ.

ކޮވިޑްގެ އެކްޓިވް ކޭސްތަކުގެ އަދަދަކީ މިހާރު 1،860 ކެވެ.

މި ބަލީގައި 30 މީހަކަށް މިހާރު ހޮސްޕިޓަލުތަކުގައި ފަރުވާދެމުން އެބަދެއެވެ. އަދި ބަލި ޖެހުނު މީހުންގެ އަދަދު 88،058 އަށް އަރައިފައިވާއިރު އޭގެ ތެރެއިން 85,943 މީހަކު ވަނީ ބަލިން ރަނގަޅުވެފައެވެ.

މިހާތަނަށް މި ބަލީގައި ރާއްޖެއިން ނިޔާވެފައިވަނީ ޖުމްލަ 243 މީހުންނެވެ.