19:00


ރާއްޖޭގައި މިހާރު ހިނގަމުންދާ ސިޔާސީ ހަމަނުޖެހުންތަކާ ގުޅޭގޮތުން ބޭރުގެ ފަރާތްތަކަށް މަޢުލޫމާތު ދެއްވުމަށް ގައުމީ ޕާޓީގެ ރައީސް ޑރ. ހަސަން ސައީދާއި ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އިނގިރޭސިވިލާތައް ފުރާވަޑައިގެންފި އެވެ.


ގައުމީ ޕާޓީގެ ނައިބު ރައީސް އިމާދު ސޯލިހް ވިދާޅުވީ އެއް ހަފްތާގެ އެ ދަތުރަކީ ސިލްސިލާ ދަތުރުތަކެއް ކަމަށާއި މިފަހަރުގެ ދަތުރުގައި އެ ވަފްދުން ލޭބަރ ޕާޓީގެ ބޭފުޅުންނާއި، ކޮމެންވެލްތުގެ އިސްވެރިންގެ އިތުރުން ވެސް އިނގިރޭސވިލާތުގެ މިޝަންތަކުގެ އިސް ބޭފުޅުންނާ ބައްދަލުކުރައްވާނެ ކަމަށް ވިދާޅުވެ ތަފްސީލް ދެއްވި އެވެ.