30 Oct 2021, 23:36
މިދިޔަ އަހަރު އަހުމަދިއްޔާ އިންޓަނޭޝަނަލް ސުކޫލު އޭލެވެލްގެ އެންމެ މޮޅު ދަރިވަރަކަށް އަހުމަދު ރަސަލް ތަސްލީމް ހޮވިއްޖެއެވެ.
އެ ސުކޫލަށް 2019ވަަނަ އަހަރު އޭލެވެލްއަށް ވަން ދަރިވަރުންގެ ދަސްވެނިވުން މިރޭ ވަނީ ބާއްވައިފައެވެ. އެ ރަސްމިއްޔާތުގައި ސުކޫލުގެ ގަދަ ދިހައެއް ވަނީ އިއުލާން ކޮށްފައެވެ.
މިރޭގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން އަހުމަދިއްޔާގެ ޕްރިންސިޕަލް މުހައްމަދު ރަޝީދު ވިދާޅުވީ ކޮވިޑުގެ އާލަމީ ވަބާގެ ތެރޭގައި ކުދިން ކިޔެވުމަށް ބެހެއްޓި ޝައުގާއި ސަމާލުކަމުގެ ސަބަބުން އުފާވެރިކަން އިހުސާސްވާ ކަމަށެވެ. އަދި ދަރިވަރުންނާއި ބެލެނިވެރިންނާއި ޓީޗަރުން ވީ މަތިވެރި ގުރުބާނީ އަގު ވަޒަން ކުރެވޭ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
ރަޝީދު ވިދާޅުވީ ކުލާހަށް ކުދިން ގެނެސްގެން ގޫގުލް މެދުވެރިކޮށް ހިންގި ވާޗުއަލް ކްލާސްތަކުގައި މުދައްރިސުން ވަރަށް ހިތްވަރު ކުރެއްވި ކަމަށާއި ދަރިވަރުން ގުރުބާނީތަކެއް ވީ ކަމަށެވެ.
އަހުމަދިއްޔާ އިންޓަނޭޝަނަލް ސުކޫލުގެ ޕްރިންސިޕަލް މުހައްމަދު ރަޝީދު -- ސަން ފޮޓޯ/ އަހުމަދު އާޒިފް
"އަމަލު ކުރަން ޖެހުނު ގައިޑުލައިންތަކާ އެއްގޮތަށް ކިޔަވައިދޭން، އިތުރު ވަގުތާއި ހިތްވަރު ލައިދޭން އޭރު އޮތީ ޖެހިފަ،" ރަޝީދު ވިދާޅުވިއެވެ.
މީގެ އިތުރުން، މިރޭ ދަސްވެނިވި ކުދިން ޝައުގުވެރިވާ ދާއިރާއަކުން ޑިގްރީއާއި މާސްޓާސް ޑިގްރީ ހާސިލުކޮށް އެއަށްވުރެ ވެސް މަތީ ހަރުފަތަކަށް ދިއުމަށް ރަޝީދު ވަނީ ނަސޭހަތްތެރިވެފައެވެ.
މިރޭގެ ރަސްމިއްޔާތުގައި އަހުމަދިއްޔާގެ އޭލެވެލްއިން ދަސްވެނިވި ހުރިހާ ދަރިވަރުންނަށް ހަނދާނީ ލިޔުން ވަނީ ހަވާލުކޮށްފައެވެ.

އަހުމަދިއްޔާ ސުކޫލުގެ އޭލެވެލް 2020 ގަދަ ދިހައެއް - ސަން ފޮޓޯ/ އަހުމަދު އާޒިފް
އަހުމަދިއްޔާ ސުކޫލް އޭލެވެލް ގަދަ ދިހައެެއް
- އައިޝަތު އާނާ ސައީދު (12ބީ) - 10 ވަނަ
- މަރިޔަމް ޖޫނާ (12އޭ) - ނުވަ ވަނަ
- އަހުމަދު އަލާން - 12 އެލް - އަށް ވަނަ
- ނަފްހާ މޫސާ - 12ޖޭ - ހަތް ވަނަ
- ފާތިމަތު ޝަރާ އަހުމަދު (12ޖޭ) - ހަތް ވަނަ
- ފާތިމަތު މިދުހާ (12ކޭ) - ހަ ވަނަ
- މުހައްމަދު އައިލަމް ހުސައިން (12ޖޭ) - ފަސް ވަނަ
- އަހުމަދު އަޝްއަމް އާދިލް (12އެލް) - ހަތަރު ވަނަ
- މުހައްމަދު ހަމްދާން އަހުމަދު (12އެލް) - ތިން ވަނަ
- ފާތިމަތު މާޔާ ނަސްރުﷲ (12ޖޭ) - ދެ ވަނަ
- އަހުމަދު ރަސަލް ތަސްލީމް (12އެލް) - އެއްވަނަ