29 Oct 2021, 21:33
ހުޅުމާލޭ ލަކުޑި ޖެޓީ ކައިރީ ހުރި ފަތުރުވެރިއެއް ކުއްލި ގޮތަކަށް މަރުވެއްޖެއެވެ.
ފުލުހުން ބުނީ މި ހާދިސާ ހިނގައިފައިވަނީ މިއަދު މެންދުުރުފަހު 14:05 ހާއިރު ކަމަށެވެ. މަރުވެފައިވަނީ ޑެންމާކަށް ނިސްބަތްވާ ފިރިހެން ފަތުރުވެރިއެކެވެ. ޖެޓީ ކައިރީ ހުއްޓާ އެ ފަތުރުވެރިޔާ މަރުވީ ސަފާރީއަކުން ފައިބައިގެން ގޮނޑިއެއްގައި އިންދައެެވެ.
ފުލުހުން ބުނީ އޭނާ ގޮނޑީގައި އިންދާ އަނބުރައިގަނެގެން ވެއްޓުނުކަމަށެވެ. އެއާއެކު ވަގުތުން އެ ފަތުރުވެރިޔާ ހުޅުމާލެ ހޮސްޕިޓަލަށް ގެންގޮސް ފަރުވާ ދިނުމުގެ މަސައްކަތް ކުރިކަމަށް ބުންޏެވެ. ނަމަވެސް ހޮސްޕިޓަލަށް އޭނާ ގެންދިޔައިރު ވެސް މަރުވެފައިވާ ކަމަށް ހޮސްޕިޓަލާ ހަވާލާދީ ފުލުހުން ބުންޏެވެ.
މި ހާދިސާއާ ގުޅިގެން ބަލަންޖެހޭ އިތުރު ކަންކަން ބަލަމުން އަންނަކަމަށް ފުލުހުން ވަނީ ބުނެފައެވެ.