29 Oct 2021, 14:39
ކޮޕް26 ގައި ބައިވެރި ވުމަށް ރައީސް މުހައްމަދު ނަޝީދު މިއަދު މެންދުރު ކުރިން ސްކޮޓްލޭންޑަށް ފުރާވަޑައިގަންނަވައިފިއެވެ.
ކޮޕް ސަމިޓަކީ ދުނިޔޭގެ ތިމާވެއްޓަށް އަންނަ ބަދަލުތައް މަދު ކުރެވޭނެ ގޮތްތަކާ ބެހޭގޮތުން ދުނިޔޭގެ އިސްވެރިންގެ މެދުގައި މަޝްވަރާކޮށް، މޫސުމަށް އަންނަމުންދާ ބަދަލުތަކުގެ ސަބަބުން ކުރާ ނޭދެވޭ އަސަރުތައް ވީހާވެސް ކުޑަކުރުމަށް ދުނިޔޭގެ ތަރައްގީވެފައިވާ ގައުމުތަކަށް ބާރު އެޅުމުގެ ގޮތުން ބާއްވާ އެންމެ ބޮޑު ބައްދަލުވުމެވެ.
މިއަހަރުގެ ކޮޕް ސަމިޓް ކުރިއަށް ދާނީ އަންނަ މަހުގެ އެކަކުން 12އަށެވެ. އަދި މި ސަމިޓުގެ ރިޔާސަތުގައި ހުންނަވާނީ އިނގިރޭސިވިލާތުގެ ކެބިނެޓު އޮފީހުގެ ސްޓޭޓް މިނިސްޓަރެއް ކަމަށްވާ އަލޮކް ޝަރުމާއެވެ.
ކޮޕް26 ކޮންފަރެންސްގައި ބައިވެރިވެވަޑައިގަތުމަށް ރައީސް އިބްރާހިކް މުުހައްމަދު ސޯލިހު ވެސް ސްކޮޓްލޭންޑަށް ވަޑައިގަންނަވާނީ މިއަދުއެވެ.
ރައީސް އޮފީހުގެ ތަރުޖަމާނު މުހައްމަދު މަބްރޫކް އަޒީޒް "ސަން" އަށް ވިދާޅުވީ، ރައީސް ސްކޮޓްލޭންޑަށް ފުރާވަޑައިގަންނަވާނީ ދުބާއީން ކަމަށެވެ.