މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެހިތަކަކާއި މާރާމާރީ ހިންގަން ބޭނުންކުރާ ޒާތުގެ ހަތިޔާރުތަކެއް މާލެތެރެ ޕެޓްރޯލް ކުރަމުންދިޔަ ފުލުހުން ހޯދައިފި އެވެ.

ފުލުހުން ބުނީ މަސްތުވާތަކެއްޗާއި މާރާމާރީ ހުންގުމަށް ބޭނުންކުރެވޭ ޒާތުގެ ތޫނު ހަތިޔާރުތަކެއް ފުލުހުންނަށް ފެނިފައިވަނީ ބުދަ ދުވަހުގެ ރޭ 9:25 އެހާކަންހާއިރު މާލެތެރެ ޕެޓްރޯލް ކުރަމުން ދަނިކޮށް ހެންވޭރުގެ ސަރަހައްދަކުން ކަމަށެވެ.

ފުލުހުންނަށް ފެނުނު ތަކެތީގެ ތެރޭގައި މަސްތުވާތަކެތި އަޅާފައިހުރި ކަމަށް ތުހުމަތުކުރެވޭ 90 ރަބަރު ކޮތަޅާއި މާރާމާރީ ހިންގުމަށް ބޭނުންކުރާ ޒާތުގެ ތޫނު ހަތިޔާރު ހިމެނެ އެވެ.

މި މައްސަލައިގައި މިހާތަނަށް އެއްވެސް މީހަކު ހައްޔަރުކޮށްފައި ނުވާކަމަށާއި މައްސަލަ ތަހުގީގުކުރަމުން އަންނަކަމަށް ވެސް ފުލުހުން ބުންޏެވެ.