ބޮލީވުޑްގެ މަޝްހޫރި ތަރި ސިލްޕާ ޝެޓީ ވިހާނެ ކަމަށް ޑޮކްޓަރުން ބުނެފައިވާ މުއްދަތު އަންނަ މެއި މަހު ހަމަވާނެ ކަމަށް ބޮލީވުޑް ރިޕޯޓްތައް ބުނެފި އެވެ.

ބޮލީވުޑްގެ ބައެއް ރިޕޯޓް ބުނެފައިވާ ގޮތުގައި ސިލްޕާ މާގިނައިން ބޭރަށް ނިކުމެ ނޫޅުނު ކަމުގައި ވިނަމަވެސް، ވަރަށް ފަހުން އޭނާ ވަނީ ފިރިމީހާ ރާޖްކުންދުރާގެ ކޮއްކޮގެ ކައިވެނި ހަފްލާގައި ބައިވެރިވެފަ އެވެ.

އަބަދުވެސް ހަށިގަނޑު ފިޓްކޮށް ބެހެއްޓުމަށް މަސައްކަތް ކުރާ ސިލްޕާއަކީ ފިލްމީ ދާއިރާގެ އަންހެން ފަންނާނުންނާ ހިލާފަށް ލޫޅާފަތިކަމަށް ލޯބި ކުރާ ތަރިއެކެވެ. ނަމަވެސް ބޮލީވުޑްގެ މަޝްހޫރު ގިނަ ފަންނާނުންތަކެއް ޒިޔާރަތްކުރި އެޗހަފްލާއަށް ސިލްޕާ ދިއުމުން ގިނަ ބައެއްގެ އޭނާއާ ދިމާލަށް ހުއްޓިގެން ދިޔަ ކަމަށް ރިޕޯޓްތައް ބުނެފައި އެވެ.

ސިލްޕާގެ އިތުރުން ބޮލީވުޑްގެ ފިލްމްތަކުން މަޝްހޫރުކަން ހޯދަމުން އަންނަ ސެލީނާ ޖެއިޓްލީ އިނީ އެއް މާމަނޑު ދެ ކުންދިންނަށް ބަލިވެ އެވެ. އަދި ދާދިފަހުން ބޮލީވުޑްގެ މަޝްހޫރު ގިނަ އަންހެން ތަރިންތަކެއް ވަނީ ވިހާފަ އެވެ. އޭގެތެރޭގައި ދުނިޔޭގެ ރީތީގެ ރާނީގެ މަގާމު ލިބިފައިވާ އައިޝްވަރީއާ އާއި ލާރާ ދައްތާ ހިމެނެ އެވެ.