01 Mar 2012, 09:40
މިދިޔަ ފެބްރުއަރީ 23 އިން ފެށިގެން ކެރަމް ހޯލުގައި ކުރިއަށް ދިޔަ 14 ވަނަ އިންޓަ ސްކޫލް ކެރަމް މުބާރާތުގެ ކުޅުން ރޭގައި ނިންމާލައިފި އެވެ.
ޖުމްލަ 15 ސުކޫލަކުން 234 ކުޅުންތެރިއަކު ވާދަކުރި މިމުބާރާތް ކުރިއަށް ގެންގޮސްފައި ވަނީ ތިން އިވެންޓެއް ހަތަރު އުމުރު ފުރައަކަށް ބަހާލައިގެންނެވެ.
މުބާރާތުގައި ކުރިއަށް ދިޔަ ޓީމް އިވެންޓުގެ 13 އަހަރުން ދަށުގެ ފިރިހެން އަދި އަންހެން ޗެމްޕިއަންކަން ހޯދީ ގިޔާސުއްދީ އިންޓަރނޭޝަނަލް ސްކޫލެވެ. މިއީ ގިޔާސުއްދީނުން މި އިވެންޓު ވިދިވިދިގެން ކާމިޔާބު ކުރި ތިން ވަނަ އަހަރެވެ. 16 އަހަރުން ދަށުގެ ފިރިހެން ޗެމްޕިއަންކަން ހޯދާފައި ވަނީ މަޖީދިއްޔާ ސުކޫލެވެ. އަދި އަންހެން ޗެމްޕިއަންކަން ހޯދާފައި ވަނީ ހިރިޔާ ސްކޫލެވެ. ނަވާރަ އަހަރުން ދަށުގެ ފިރިހެން ޗެމްޕިއަންކަން ދަރުމަވަންތަ ހޯދި އިރު އަންހެން ޗެމްޕިއަންކަން ހޯދީ އަމީނިއްޔާ ސުކޫލެވެ.
ސިންގަލްސް އިވެންޓުން 11 އަހަރުން ދަށުގެ ފިރިހެން ސިންގަލްސް ޗެމްޕިއަންކަން ހޯދީ ތާޖުއްދީނުގެ މުހައްމަދު އައިހަމް އެވެ. އަދި އަންހެން ސިންގަލްސް ޗެމްޕިއަންކަން ހޯދީ އިމާދުއްދީނުގެ އައިމިނަތް ޒަހުވާ އެވެ.
ތޭރަ އަހަރުން ދަށުގެ ފިރިހެން ސިންގަލްސް ޗެމްޕިއަންކަން ހޯދީ ޖަމާލުއްދީނުގެ އަހުމަދު އައިހަމް އެވެ. އަދި އަންހެން ސިންގަލްސް ޗެންޕިއަންކަން ހޯދީ ޤިޔާސުއްދީނުގެ އައިޝަތު ރިފްޤާ އެވެ. ސޯޅަ އަހަރުން ދަށުގެ ފިރިހެން ސިންގަލްސް ޗެމްޕިއަންކަން ހޯދީ މަޖީދިއްޔާގެ ހުސެއިން ފާރިހެވެ. މި އުމުރުފުރާގެ އަންހެން ސިންގަލްސް ޗެމްޕިއަންކަން ހޯދީ އަމީނިއްޔާގެ ޖުމާނާ ޚަލީލެވެ. ނަވާރަ އަހަރުން ދަށުގެ ފިރިހެން ސިންގަލްސް ޗެމްޕިއަންކަން ހޯދީ ދަރުމަވަންތަގެ ޔަމާން އަބްދުލް ޖަލީލެވެ. އަންހެން ސިންގަލްސް ޗެމްޕިއަންކަން ހޯދީ މަރިޔަމް ނަދާއެވެ.
ޑަބަލްސް އިވެންޓުން 11 އަހަރުން ދަށުގެ ފިރިހެން ޑަބަލްސް ޗެމްޕިއަންކަން ހޯދީ ޖަމާލުއްދީނުގެ ހަސަން އަބްދުލް ރަޙްމާނާއި އަހްމަދު ރުވެއިދު އެވެ. މިއުމުރުފުރާގެ އަންހެން ޑަބަލްސް ޗެމްޕިއަންކަން ހޯދީ ޖަމާލުއްދީނުގެ ފާތިމަތު އިނާން އަދި އައިމިނަތް ސާރާއެވެ. ތޭރަ އަހަރުން ދަށުގެ ފިރިހެން ޑަބަލްސް ޗެމްޕިއަންކަން ހޯދީ ޤިޔާސުއްދީނުގެ ޝަވީއު ޝަރީފް އަދި އިބްރާހިމް ރިފާއު އެވެ. އަންހެން ޑަބަލްސް ޗެމްޕިއަންކަން ހޯދީ ޤިޔާސުއްދީނުގެ އައިޝަތު ރިފްޤާ އަދި އައިމިނަތު މާހީ އެވެ. ސޯޅަ އަހަރުން ދަށުގެ ފިރިހެން ޑަބަލްސް ޗެމްޕިއަންކަން ހޯދީ މަޖީދިއްޔާގެ ހުސެއިން ފާރިހް އަދި އަލީ އާޒިމެވެ. މިއުމުރުފުރާގެ އަންހެން ޑަބަލްސް ޗެމްޕިއަންކަން ހޯދީ އަމީނިއްޔާގެ ޖުމާނާ ޚަލީލް އަދި އައިޝަތު ރިފްޤާއެވެ.
ނަވާރަ އަހަރުން ދަށުގެ ފިރިހެން ޑަބަލްސް ޗެމްޕިއަންކަން ހޯދީ ދަރުމަވަންތަގެ ޔަމާން އަބްދުލް ޖަލީލް އަދި ސަދޫހް ސާމިޢު އެވެ. މިއުމުރުފުރާގެ އަންހެން ޑަބަލްސް ޗެމްޕިއަންކަން ހޯދީ މަރިޔަމް ނަދާ އަދި ފާތިމަތް ރަޔާނެވެ.
މުބާރާތުގައި ވާދަކުރި ސުކޫލްތަކަކީ އަލް މަދަރަސަތުލް އަރަބިއްޔަތުލް އިސްލާމިއްޔާ، އަމީނިއްޔާ ސްކޫލް، ދަރުމަވަންތަ ސުކޫލް، ގަލޮޅު މަދަރުސާ، ޤިޔާސުއްދީން އިންޓަރނޭޝަނަލް ސުކޫލް، ހިރިޔާ ސުކޫލް، އިމާދުއްދީން ސުކޫލް، އިސްކަންދަރު ސުކޫލް، ޖަމާލުއްދީން ސުކޫލް، ކަލާފާނު ސުކޫލް، ލާލޭ ޔޫތް އިންޓަރނޭޝަނަލް ސުކޫލް، މަޖީދިއްޔާ ސުކޫލް، މުހިއްދީން ސުކޫލް، ތާޖުއްދީން ސުކޫލް އަދި ވިލާ އިންޓަނޭޝަނަލް ހައި ސުކޫލެވެ.