ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް ޖެންޑާ މިނިސްޓްރީގެ ކޮމިއިނިކޭޝަން ޑިރެކްޓަރުގެ މަގާމަށް ކުރީގެ ނޫސްވެރިޔާ ރިޒްނާ ޒަރީރު އައްޔަން ކުރައްވައިފިއެވެ.

ސަރުކާރުގެ އޮފިޝަލަކު ވަނީ "ސަން"އަށް އެކަން ކަށަވަރުކޮށްދެއްވާފައެވެ.

ކޮމިއުނިކޭޝަން ޑިރެކްޓަރުންގެ މުސާރައަކީ 15،000 ރުފިޔާއެވެ. އަދި ލިވިން އެލަވަންސްގެ ގޮތުގައި 10،000 ރުފިޔާ ލިބޭއިރު، ފޯން އެލަވަންސްގެ ގޮތުގައި 500 ރުފިޔާވެސް ލިބޭނެއެވެ.

ރިޒްނާ ވަނީ ގިނަ ދުވަސްތަކެއްވަންދެން ނޫސްވެރިކަމުގެ ދާއިރާގައި މަސައްކަތް ކުރައްވާފައެވެ. އޭނާ އެންމެ ގިނަ ދުވަހު މަސައްކަތް ކުރައްވާފައި ވަނީ ރާއްޖެ ޓީވީގައެވެ. މީގެއިތުރުން ޓީވީއެމްގައިވެސް ރިޒްނާ ވަނީ މަސައްކަތް ކުރައްވާފައެވެ.

މީގެއިތުރުން ނިމިގެންދިޔަ ލޯކަލް ކައުންސިލް އިންތިހާބުގައި ރިޒްނާ ވަނީ މާލޭ ސިޓީ ކައުންސިލްގެ ހުޅުމާލޭ ދާއިރާއަށް އެމްޑީޕީގެ ޓިކެޓުގައި ވާދަކުރައްވާފައެވެ.