20 Oct 2021, 17:26
މާލޭ، އަމީނީ ގޯޅީގައި، ޑޮނާޑް ގާމަންޓްސް ހުންނަ އިމާރާތުގެ ފަންގިފިލާއެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައި އެ އިމާރާތުން މީހުން ހުސްކުރުމުގެ މަސައްކަތް އެމްއެންޑީއެފް ފަޔާ އެންޑް ރެސްކިއު ސާވިސަސް އިން ފަށައިފިއެވެ.
އެމްއެންޑީއެފުން ބުނީ އަލިފާނުގެ ހާދިސާގެ ރިޕޯޓް ލިބިފައިވަނީ މިއަދު ހަވީރު 16:49 ހާއިރުކަމަށެވެ. އެ އިމާރާތުގެ ބޭރުން އަލިފާނުގެ އަސަރެއް ފެންނަން ނެތަސް ވަރަށް ބޮޑަށް ދުން އަރަމުން އެބަދެއެވެ.
އަލިފާން ރޯވެފައިވަނީ ޑޮނާޑް ގާމެންޓްސް ހިންގާ، ގ. ފީރީޒްލޮޖްގެ ތިންވަނަ ފަންގިފިލާގައެވެ.
ރޯވި އަލިފާންގަނޑު އެމްއެންޑީއެފުން ކޮންޓްރޯލްކޮށް ނިންވައިލައިފައިވަނީ 17:09 ހާއިރެވެ. މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައެއް ނުވެއެވެ.