20 Oct 2021, 15:56
މޯލްޑިވްސް ޕޫލް ބިލިއާޑް އެސޯސިއޭޝަން (އެމްޕީބީއޭ) އިން އިންތިޒާމުކޮށްގެން ބާއްވާ 10 ބޯލް ޗެމްޕިއަންޝިޕްގެ ފިރިހެން ޑިވިޝަންގެ ފައިނަލަށް ހަސަން ޝާޒް މުހައްމަދާއި މުހައްމަދު ޝަރީފް އަދި އަންހެން ޑިވިޝަންގެ ފައިނަލަށް އާމިނަތު ފާތީ އާއި އާމިނަތު އަޒްރާ ދަތުރުކޮށްފިއެވެ.
ނެޝަނަލް ބިލިއާޑް ސެންޓަރުގައި ކުރިއަށްދާ އެ މުބާރާތުގެ ފިރިހެން ޑިވިޝަނުގައި 64 ކުޅުންތެރިން ވާދަކުރާ އިރު، އަންހެން ޑިވިޝަނުގައި 12 ކުޅުންތެރިން ވާދަކުރެއެވެ.
އެ މުބާރާތުގެ ފިރިހެން ޑިވިޝަންގެ ފައިނަލުގެ ޖާގަތައް ކަށަވަރުކުރީ ހަސަން ޝާޒް މުހައްމަދާއި މުހައްމަދު ޝަރީފެވެ. އަދި އަންހެން ޑިވިޝަންގެ ފައިނަލުގެ ޖާގަތައް ކަށަވަރުކުރީ އާމިނަތު ފާތީ އާއި އާމިނަތު އަޒްރާއެވެ.
ފިރިހެން ޑިވިޝަންގެ ފައިނަލުން ޝާޒް ޖާގައެއް ކަށަވަރުކުރީ ރޭ ކުޅުނު މެޗުގައި 7-4 ފްރޭމުން މުހައްމަދު ޝަރީފް ބަލިކޮށްގެންނެވެ. އަދި ފައިނަލުން ޝަރީފް ޖާގައެއް ކަށަވަރުކުރީ 6-7 ފްރޭމުން ހުސައިން ފަޔާޒްގެ މައްޗަށް ކުރި ހޯދައިގެންނެވެ.
އަންހެން ޑިވިޝަންގެ ފައިނަލުން ފާތީ ޖާގައެއް ކަށަވަރުކުރީ މިދިޔަ އަންގާރަ ދުވަހުގެ ރޭ އާމިނަތު އަޒްރާގެ މައްޗަށް ސީދާ ފަސް ފްރޭމުން ކުރި ހޯދައިގެންނެވެ. އަދި ފައިނަލުން އަޒްރާ ޖާގަ ހޯދީ ރޭ ކުޅުނު މެޗުގައި 5-3 ފްރޭމުން އާމިނަތު ހަލީމް ބަލިކޮށްގެންނެވެ.
އަންހެން ޑިވިޝަނުގެ ފައިނަލުގައި ފާތީ އާއި އަޒްރާ ވާދަކުރާނީ މިރޭ 7:00 ގައެވެ. އަދި ފިރިހެން ޑިވިޝަންގެ ފައިނަލުގައި ޝާޒް އާއި ޝަރީފް ވާދަކުރާނީ މިރޭ 8:30 ގައެވެ.