29 Feb 2012, 17:09
ސިޔާސީ ޕާޓީތަކާއި މެދުގައި ކުރިއަށް ގެންދާ މަޝްވަރާތަކުގެ މިއަދުގެ ބައްދަލުވުމުގައި ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު ބައިވެރިވެވަޑައިގެންފި އެވެ. މިއީ މި ބައްދަލުވުންތަކުގައި ރައީސް ވަހީދު ބައިވެރިވެ ވަޑައިގެނެވި ފުރަތަމަ ފަހަރެވެ.
މިއަދުގެ ބައްދަލުވުމުގައި ބައިވެރިވެ ވަޑައިގަތުމަށްފަހު ވެލާނާގެއިން ނުކުމެ ވަޑައިގެން ރައީސް ވިދާޅުވީ މަޝްވަރާތަކަށް އެ މަނިކުފާނުގެ ފުރިހަމަ އެއްބާރުލެއްވުން ދެއްވާނެ ކަމަށް ވިދާޅުވެފައިވާނެ ކަމަށެވެ. އަދި މާދަމާ މަޖިލިސް ހުޅުވާ އިރު މަޖިލީހުގެ ތެރެއިން ހައްލުތައް ހޯދަން މުހިއްމު ކަމަށާި ޕާޓީތަކުގެ ވިސްނުން އެކަމަށް ވަރަށް ޕޮޒިޓިވް ހުރި ކަމަށެވެ.
ބައްދަލުވުމަށް ފަހު ރައީސް ވަޑައިގެންނެވީ ރައްޔިތުންގެ މަޖިލީހަށެވެ.