29 Feb 2012, 15:59
ޔުޓިލިޓީ ކުންފުނިތަކާ ހެލްތް ކޯޕަރޭޝަންތަކުގެ މަސައްކަތްތައް މުރާޖާކޮށް ހަރުދަނާކުރަން ދެ ކޮމިޓީއެއް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙަންމަދު ވަޙީދު ހަސަން މަނިކު މިއަދު އެކުލަވާލައްވަފި އެވެ.
ރައީސް އޮފީހުން ބުނީ ޔުޓިލިޓީ ކުންފުނިތަކުގެ މަސައްކަތްތައް މުރާޖާ ކޮށް ހަރުދަނާކުރަން އެކުލަވާލެއްވި ކޮމިޓީގައި ހިމެނިވަޑައިގަންނަވާ ބޭފުޅުންނަކީ، މ. އާސްތާނާ، އިބްރާހީމް ޢާޠިފް ޝަކޫރާއި މ.ހަނީޑިއު، މުޙައްމަދު އަޙްމަދުދީދީ އާއި ހއ.ތަކަންދޫ، ފިޔާތޮށިގޭ ޑރ. ޢަބްދުﷲ ފިރާޤާއި މއ. ހަވާނާ މުޙަންމަދު ފާއިޒާއި ގައުމީ ޕާޓީގެ ނައިބު ރައީސް ރ. ހުޅުދުއްފާރު ނާރެސް ޢަބްދުލްމަތީން މުޙައްމަދާއި ގއ. ދެއްވަދޫ، ދިލްޝާދުގޭ
ޝިމާދު އިބްރާހީމާއި މ. ކޮކާ ހަނދުވަރު މުޙަންމަދު ނިމާލު ކަމަށެވެ.
ހެލްތް ސާވިސަސް ކޯޕަރޭޝަންތަކުގެ މަސައްކަތްތައް މުރާޖަޢާކޮށް، ހަރުދަނާކުރަން އެކުލަވާލެއްވި ކޮމިޓީގައި ހިމެނިވަޑައިގަންނަވާ ބޭފުޅުންނަކީ، މ.މުލީގޭ އިބްރާހީމް މުޙައްމަދާއި މ. މުއްދޫ މުހައްމަދު އިޔާދު ޙަމީދާއި ތ. ގުރައިދޫ މެދުގޭ، މުޙަންމަދު އިބްރާހީމްމަނިކާއި ސ. މީދޫ ހުދުވިލާގޭ ޑރ. ޑރ. ޢަބްދުﷲ ޢަފީފާއި ހ. ތިޔަރަ، އާމިނަތު ރަޝީދާ އަބޫބަކުރާއި ހއ. ހޯރަފުށީ ޓިއުލިޕްމާގޭ ޝަރީފު މުޙައްމަދާއި މ. ފަތަހަ، ހުސައިން ފަހުމީ އެވެ.