17 Oct 2021, 22:17
ރާއްޖެއިން ފާއިތުވެދިޔަ 24 ގަޑިއިރުގެ ތެރޭގައި ނެގި 3,210 ސާމްޕަލްގެ ތެރެއިން 77 މީހަކު ކޮވިޑް-19އަށް ޕޮޒިޓިވް ވެއްޖެއެވެ.
އެޗްޕީއޭގެ ތަފާސްހިސާބުގައިވާ ގޮތުން ވޭތުވެދިޔަ 24 ގަޑިއިރު ތެރޭގައި ޕޮޒިޓިވްވެފައިވަނީ، އަތޮޅުތެރެއިން 37 މީހަކާއި މާލެއިން 25 މީހުންނެވެ. މިއީ ފާއިތުވި އެއް މަސް ދުވަހުގެ ތެރޭގައި އަތޮޅުތަކުން ޕޮޒިޓިވްވި އަދަދު އެންމެ މަދުވި އެއް ދުވަހެވެ.
މީގެ އިތުރުން، ރިސޯޓުތަކުން ނުވަ މީހަކު ޕޮޒިޓިވްވެފައިވެއެވެ.
ކޮވިޑްގެ އެކްޓިވް ކޭސްތަކުގެ އަދަދަކީ މިހާރު 1،287ކެވެ.
މި ބަލީގައި 12 މީހަކަށް މިހާރު ހޮސްޕިޓަލުތަކުގައި ފަރުވާދެމުން އެބަދެއެވެ. އަދި ބަލި ޖެހުނު މީހުންގެ އަދަދު 86،165 އަށް އަރައިފައިވާއިރު އޭގެ ތެރެއިން 84,627 މީހަކު ވަނީ ބަލިން ރަނގަޅުވެފައެވެ.
ހުޅުމާލޭ މެޑިކަލް ފެސިލިޓީ (އެޗްއެމްއެފް) ގައި ކޮވިޑް-19 އަށް ފަރުވާ ދެމުން ދިޔަ އުމުރުން ދުވަސްވީ މީހަކު މިއަދު ވަނީ މަރުވެފަައެވެ. އެޗްއެމްއެފް ގައި ކޮވިޑަށް ފަރުވާދެމުންދިޔަ އުމުރުން 80 އަހަރުގެ ފިރިހެނަކު މަރުވީ މިއަދު ހެނދުނު 7:45 ހާއިރެވެ.
އެއާއެކު ކޮވިޑް ބަލީގައި ރާއްޖެއިން މަރުވެފައިވާ މީހުންގެ އަދަދުގެ ޖުމްލަ 238 މީހުންނަށް ވަނީ އަރާފައެވެ.