އެސްއެމްއެސް ފޮނުވުމުގައި ދިރާގު ކަސްޓަމަރުނަށް މައްސަލަތަކެއް ކުރިމަތިވެއްޖެ އެވެ.

ރާއްޖޭގެ އެންމެ ބޮޑު މުއާސަލާތީ ކުންފުނި، ދިރާގުން ބުނީ އެ ކުންފުނީގެ ހިދުމަތް ހޯދާ މޯބައިލް ކަސްޓަމަރުނަށް އެސްއެމްއެސް ފޮނުވުމުގައި ދަތި ތަކެއް ދިމާވީ އެސްއެމްއެސް ސިސްޓަމަށް ދިމާވި ޓެކްނިކަލް މައްސަލައަކުން ކަމަށާއި އެކަން ހައްލުކުރަން މިހާރު މަސައްކަތް ފަށާފައިވާ ކަމަށެވެ.

ދިރާގުން ބުނީ އެސްއެމްއެސްގެ ހިދުމަތް ކެނޑިފައިވަނީ ހުރިހާ ނަންބަރު ތަކަށް ނޫން ކަމަށާއި ދިރާގުގެ ބައެއް ނަންބަރު ތަކަށް ކަމަށެވެ. ބައެއް ކަސްޓަމަރުން ބުނީ މިއަދު ހެނދުނުން ފެށިގެން އެސްއެމްއެސް އެއް ގޮތަކަށް ނުފޮނުވޭ ކަމަށެވެ.

"މިއަދު ހަމަ އެއް ގޮތަކަށް ވެސް އެސްއެމްއެސްއެއް ނުފޮނުވޭ. އޭގެ ސަބަބުން ވަރަށް ބޮޑަށް ދަތިވެ، ވަރަށް ގިނަ ކަންކަމަށް ބުރޫއަރައިފި،" މީހަކު ބުންޏެވެ.

ރާއްޖޭގެ އެންމެ ގިނަ މީހުން ފޯނުގެ ހިދުމަތް ބޭނުން ހޯދަމުން އަންނަ މުއާސަލާތީ ކުންފުނި، ދިރާގުން ދެމުންގެންދާ ދިރާގު މޯބައިލް އެސްއެމްއެސް ހިދުމަތުގެ މައްސަލަތަކެއް ދިމާވެފައިވަނީ މިއަދު އެވެ.