Last Updated:
4 year 1 month ago

ނޭޕާލްގެ އުންމީދުތައް ފުނޑުފުނޑު، އިންޑިއާ ތަށި އުފުލާލައިފި

    ބުލޮގު ޚުލާސާ

    ފަސް ގައުމެއް ވާދަކުރި މިފަހަރުގެ ސާފް ޗެމްޕިއަންޝިޕް މުބާރާތުގެ ފައިނަލުގައި މިރޭ ވާދަ ކުރަނީ އިންޑިއާއާއި ނޭޕާލެވެ.

    އިންޑިއާ ޖެހިޖެހިގެން އަށް ވަނަ ފަހަރަށް ސާފް ޗެމްޕިއަންޝިޕްގެ ފައިނަލަށް ދަތުރުކުރީ މުބާރާތުގެ ލީގު ބުރުގެ ފަހު މެޗުގައި ދިވެހިރާއްޖެ އަތުން 3-1 އިން މޮޅުވެގެނެވެ. އިންޑިއާ މިރޭގެ ފައިނަލަށް ނުކުންނަނީ 8 ވަނަ ފަހަރަށް މުބާރާތުގެ ތަށި އުފުލާލުމުގެ އަޒުމުގައެވެ.

    އަނެއް ކޮޅުން ފަސް ފަހަރު ސެމީ ފައިނަލުން ބަލިވި ނޭޕާލުން މަސައްކަތް ކުރާނީ ފުރަތަމަ ފަހަރަށް ފައިނަލަށް ނުކުމެ ތަށި ހޯދުމަށެވެ.

    ރާއްޖެއާ ދެކޮޅަށް ކުޅުނު މެޗުގައި އިންޑިއާގެ ކޯޗު އީގޯ ސްޓިމަކަށް ރަތްކާޑު ދެއްކުމާ ގުޅިގެން، މިރޭގެ މެޗުގައި އޭނާ އަށް ބެންޗުގައި ނީނދެވޭނެއެވެ.

    އަނެއްކޮޅުން ކުވެއިތަށް އުފަން މުތައިރީ އަށް ވަނީ މި ފަހަރުގެ ސާފްގައި ލަންކާ މެޗާއި އެންމެ ފަހުން ކުޅުނު ބަންގްލަދޭޝް މެޗުގައި ވެސް ރީނދޫ ކާޑު ދައްކައިފައެވެ. ދެ ރީނދޫ ކާޑު ހަމަވެގެން ސާފުން ވަނީ މުތައިރީ ފައިނަލަށް ސަސްޕެންޑްކޮށްފައެވެ.

    މިރޭގެ މެޗަކީ މި އަހަރުގެ ތެރޭގައި އިންޑިއާ އާއި ނޭޕާލް ބައްދަލުކުރާ ހަތަރު ވަނަ މެޗެވެ. މި މުބާރާތުގެ ކުރިން މި ދެ ޓީމު ވަނީ އެކުވެރިކަމުގެ ދެ މެޗު ކުޅެފަ އެވެ. މި މުބާރާތުގެ ލީގު ބުރުގައި އިންޑިއާ ވަނީ ނޭޕާލް އަތުން 1-0 އިން މޮޅުވެފަ އެވެ.

    21:49

    މެޗު ނިމުނީ. މަރުހަބާ އިންޑިއާ ޓީމް.

    21:49

    މެޗުގެ ފުރިހަމަ ވަގުތުގެ ކުޅުން ނިމުމުން. އިތުރު ވަގުތުގެ ގޮތުގައި ތިން މިނަޓުގެ ކުޅުން ރެފްރީ ދައްކައިފި.

    21:48

    މިހާރުގެ ސްކޯ އަކީ އިންޑިއާ 3 - 0 ނޭޕާލް

    21:48

    އިންޑިއާގެ ތިންވަނަ ގޯލު ކާމިޔާބުކުރީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނުކުން ސަހަލް އަބްދުލް ސަމަދު.

    21:38

    އިންޑިއާއިން އެ ޓީމުގެ ތިންވަނަ ގޯލު ކާމިޔާބުކޮށްފި.

    21:35

    މެޗުގެ 80 މިނަޓުގެ ކުޅުން ހަމަވެއްޖެ. އިންޑިއާ 2 - 0 ނޭޕާލް

    21:22

    ނޭޕާލް ޓީމުން ނުރައްކާތެރި ހަމަލާއެއް. އެ ޓީމުން ފޮނުވާލި ހަމަލާ އަމާޒުވީ ހުރަސް ދަނޑިއަށް.

    21:10

    ނޭޕާލް ޓީމުން ކުރިއަށް ޖައްސައިގެން ގޯލެއް ޖެހުމަށް ދަނީ މަސައްކަތް ކުރަމުން.

    21:10

    މިހާރުގެ ސްކޯ އަކީ އިންޑިއާ 2 - 0 ނޭޕާލް

    21:07

    އިންޑިއާގެ ދެވަނަ ގޯލު ކާމިޔާބުކޮށްދިނީ ސުރޭޝް.

    21:07

    އިންޑިއާ އިން އަނެއްކާވެސް ގޯލެއް.

    21:06

    އިންޑިއާގެ ގޯލު ކާމިޔާބު ކުރީ އިންޑިއާ ޓީމުގެ ކެޕްޓަން ސުނިލް ޗެތުރީ. މިއީ އޭނާ މި މުބާރާތުގައި ޖެހި ފަސްވަނަ ގޯލު.

    21:05

    އިންޑިއާ ގޯލު.

    21:03

    ދެ ޓީމުން ވެސް މި ހާފު ފެށީ ފުރަތަމަ ހާފުގައި އޮތް ސްކޮޑާ އެކު.

    20:49

    ދެވަނަ ހާފުގެ ކުޅުން ފެށުނީ. ކިކްއޮފް ކުރީ އިންޑިއާއިން.

    20:48

    ފުރަތަމަ ހާފު ނިމުނީ. އިންޑިއާ 0 - 0 ނޭޕާލް

    20:30

    ފުރަތަމަ ހާފުގެ ފުރިހަމަ ވަގުތުގެ ކުޅުން ނިމިއްޖެ. އިތުރު ވަގުތުގެ ގޮތުގައި ދެއްކީ އެއް މިނަޓު.

    20:27

    މެޗުގެ 30 މިނަޓުގެ ކުޅުން ނިމުނީ. އިންޑިއާ 0 - 0 ނޭޕާލް

    20:15

    އިންޑިއާގެ ކެޕްޓަން ސުނިލް ޗެތުރީ އޭރިއާ ތެރެއިން ފޮނުވާލި ބޯޅަ ނޭޕާލުގެ ކީޕަރު ކިރަން ވެއްޓިގަނެފައި ދިފާއުކޮށްފި.

    20:07

    މެޗު ކުޅެމުންދާ އިރު، ބޯކޮށް ވާރޭ ވެހުމުގެ ސަބަބުން ދެ ޓީމަށް ވެސް ކުޅުމުގައި ދަތިތަކެއް ވަނީ ކުރިމަތިވެފައި.

    20:05

    ނޭޕާލް ޓީމަށް ވެސް ގޯލު ޖަހާނެ ފުރުސަތެއް. އެ ޓީމުން އުފެއްދި ހަމަލާ ޖެހުނީ އަރިމަތީ ދަނޑީގައި. އެހެން ނަމަވެސް އެ ބޯޅަ ފޮނުވާލުމުގެ ކުރިން އިންޑިއާގެ ކީޕަރަށް ނޭޕާލް ކުޅުންތެރިޔާ ވަނީ ފައުލު ކޮށްފައި.

    20:03

    އިންޑިއާއަށް ގޯލު ޖަހާނެ ރަނގަޅު ފުރުސަތެއް. އެ ޓީމުން އުފެއްދި ހަމަލާ ނޭޕާލްގެ ކީޕަރު ކިރަން ދިފާއު ކުރި ނަމަވެސް ރިބައުންސްވެގެން އަނެއްކާވެސް ލިބުނީ އިންޑިއާ ކުޅުންތެރިއަކަށް. އޭނާ ހުސްކޮށް ހުރެ ފޮނުވާލި ބޯޅަ ދެވަނަ ފަހަރަށް ކިރަން ދިފާއުކޮށްފި

    20:01

    20:00

    އިންޑިއާއިން މިއަދުގެ މެޗުގައި ކުޅެނީ ހުދު ކުލައިގެ ޖާޒީގައި. ނޭޕާލް ޓީމުން ބޭނުން ކުރަނީ ރަތް ކުލައިގެ ޖާޒީ.

    19:58

    މެޗުގެ ކުޅުން ފެށިއްޖެ. ކިކްއޮފް ކުރީ ނޭޕާލްގެ ޓީމުން.

    19:52

    މެޗު ފެށުމަށް ދެ ޓީމުގެ ކުޅުންތެރިން ވެސް ދަނޑަށް ނުކުމެއްޖެ.

    19:50

    މުބާރާތުގެ ގްރޫޕް ސްޓޭޖުގައި ނޭޕާލާ ދެކޮޅަށް ކުޅުނު މެޗު އިންޑިއާ ކާމިޔާބު ކުރީ 1-0 އިން. އޭގެ ކުރިން ވެސް މުބާރާތަށް ތައްޔާރުވުމުގެ ގޮތުން ނޭޕާލުން ވަނީ މިދިޔަ މަހު އިންޑިއާ ދެކޮޅަށް ދެ މެޗު ކުޅެފައި.

    19:45

    ނޭޕާލްގެ ފުރަތަމަ އެގާރަ:

    1. ކިރަން ކުމާރު

    2. ޑިނޭޝް ރަޖްބަންޝީ
    3. އަނަންތާ ތަމަންގް
    4. ގައުތަމް ޝްރެތާ
    5. ސުމަން އަރްޔަލް
    6. ޕުޖަން އުޕަރްކޮޓީ
    7. ޓެޖް ތަމަންގް
    8. ސުޖާލް ޝްރެތާ
    9. ނަވަޔުގް ޝްރެތާ
    10. ސުމަން ލަމާ
    11. ރޯހިތު ޗަންދު
    19:41

    އިންޑިއާގެ ފުރަތަމަ އެގާރަ:

    1. ގުޕްރީތު ސިންގް (ކީޕަރު

    2. ސުނިލް ޗެތުރީ (ކެޕްޓަން)

    3. ރަހުލް ޝަންކަރު

    4. ލަލެންގްމަވިއާ ސިންގް

    5. ލަލެންންމަވިއާ

    6. މަންވީރު ސިންގްހް

    7. އަނިރުދް ތަޕާ

    8. ޔާސިރު މުހައްމަދު

    9. މަންދަރު ރާއޯ

    10. ޕްރިޓަމް ކޮޓަލް

    11. ސުރޭޝް ސިންގް

    19:40

    ސާފް ޗެމްޕިއަންޝިޕް 2021 ގެ ފައިނަލުގައި އިންޑިއާ އަދި ނޭޕާލް ބައްދަލު ކުރާ މެޗުގެ ލައިވް ބްލޮގަށް މަރުހަބާ!