މާލެއިން ފުރައިގެން ވ. ފުލިދުއަށް ދަތުރުކުރި ލޯންޗަކުން މޫދަށް ވެއްޓުނު ކުޑަކުއްޖަކު ގެއްލިއްޖެއެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ މާލެއިން ވ. އަތޮޅަށް ދަތުރުކުރި ލޯންޗެއް އޮޅުވެލި ރިސޯޓް ކައިރިން ދިޔަވެ އަޑިއަށްދާކަމުގެ މައުލޫމާތު 17:06 ގައި ފުލުހުންނަށް ލިބިފައިވާ ކަމަށެވެ.

އޮފިޝަލް ވިދާޅުވީ އެ ހާދިސާގައި ލޯންޗުން މޫދަށް ވެއްޓުނު ތިން މީހުންގެ ތެރެއިން ދެ މީހުން މިހާރު ފެނިފައިވާ ކަމަށެވެ. އަދި ހަތަރު އަހަރުގެ ކުއްޖާ އަދިވެސް ނުފެންނަ ކަމަށް ވިދާޅުވިއެވެ.

އެނގިފައިވާގޮތުގައި އެ ކުއްޖާ މޫދަށް ވެއްޓުނީ ވިއްސައިގެންގޮހެވެ.

އެ ލޯންޗު މިހާރު ވަނީ ކ. ގުރައިދޫ ފަޅަށް ވަދެފައެވެ.