15 Oct 2021, 15:00
އުތުރުގެ ރަށެއްގައި 11 އަހަރުގެ އަންހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރި މައްސަލައެއް ފެންމަތިވެއްޖެއެވެ.
ފުލުހުން ބުނީ، ނޯތު ޕޮލިސް ޑިވިޝަން ( ނ، ރ، ބ، ޅ) ގައި ހިމެނޭ ރަށެއްގެ ކުއްޖަކަށް ޖިންސީ ގޯނާ ކުރި މައްސަލައެއް ހުށަހަޅާފައި ވާކަމަށެވެ.
އެގޮތުން އިތުބާރު ކުރެވޭ މަގާމެއްގައި ހުރެގެން 11 އަހަރުގެ ކުއްޖަކަށް ޖިންސީ ގޯނާ ކުރި މައްސަލައެއް ރިޕޯޓުކޮށްފައި ވަނީ މިދިޔަ އަންގާރަ ދުވަހު ކަމަށް ފުލުހުން ބުންޏެވެ.
އެ މައްސަލައާ ގުޅިގެން މިހާތަނަށް މީހަކު ހައްޔަރު ކޮށްފައެއް ނުވެއެވެ.
ފުލުހުން ބުނީ މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުން ދާކަމަށެވެ.
މިދިޔަ މަހުގެ ފަހުކޮޅު، ދެކުނުގެ ރަށެއްގައި އުމުރުން 13 އަހަރުގެ ކުއްޖަކަށް ޖިންސީ ގޯނާ ކުރި މައްސަލައެއް ވެސް ފެންމަތިވެފައިވެއެވެ.
އެ މައްސަލައާ ގުޅިގެން 42 އަހަރުގެ ފިރިހެނެއް ހައްޔަރު ކޮށްފައިވާއިރު، ޝަރީއަތުން ގޮތެއް ނިމެންދެން އެމީހާ ބަންދުގައި ބެހެއްޓުމަށް ވަނީ އަމުރުކޮށްފައެވެ.