14 Oct 2021, 11:55
މާލޭ މަގެއްގެ މަތީގައި ޕާކު ކޮށްފައި އޮތް ޕިކަޕަކުން ވައްކަން ކޮށްފައިވާކަމަށް ތުހުމަތު ކުރެވޭ ބަޔަކު ހޯދަން ފުލުހުން އިއުލާން ކޮށްފިއެވެ.
ފުލުހުން ބުނީ އެ ވީޑިއޯއިން ފެންނަ މީހުންނަކީ، މިިދިޔަ މަހުގެ ހަތް ވަނަ ދުވަހުގެ ވަގުތެއްގައި މާލޭ މަގެއްގެ މަތީގައި ޕާކު ކޮށްފައި އޮތް ޕިކަޕަކުން ވައްކަން ކޮށްފައިވާކަމަށް ތުހުމަތު ކުރެވޭ މައްސަލައާ ގުޅިގެން ފުލުހުންގެ ޖެނެރަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓުން ކުރަމުންދާ ތަހުގީގަށް ހޯދަން ބޭނުންވެ، ފުލުހުން މިހާތަނަށް ކުރި މައްސައްކަތުން ކޮން ބައެއްކަން ދެނެގަނެވިފައި ނުވާތީ ނުހޯދިފައިވާ ބައެއް ކަމަށެވެ.
މި މައްސަލައިގައި ތުހުމަތު ކުރެވޭ ދެ މީހުން ދުއްވާފައިވަނީ ވަގަށް ނަގާފައިވާ ސައިކަލެއްކަން ތަހުގީގުގައި މިހާތަނަށް ކޮށްފައިވާ މަސައްކަތުން އެނގިފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.
ފުލުހުން ވަނީ އެ މީހުންނާބެހޭ އެއްވެސް މައުލޫމާތެއް އެނގިފައިވާ ފަރާތެއް ވާނަމަ ޖެނެރަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓްގެ ނަމްބަރު 9631696 އަށް ގުޅުމަށް ފަހު، މިމައްސަލައިގެ އިންސިޑެންޓް ނަންބަރު 497362 ފާހަގަކޮށް، އެމައުލޫމާތެއް ހިއްސާކުރުމަށް އެދިފައެެވެ.