14 Oct 2021, 13:39
މި އަހަރުގެ އޮގަސްޓް މަސް ނިމުނުއިރު ގްރީން ފަންޑުގައި 1.06 ބިލިއަން ރުފިޔާ އެބަހުރި ކަމަށް ފިނޭންސް މިިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.
އެ މިނިސްޓްރީން އެންމެ ފަހުން އާންމުކުރި ގްރީން ފަންޑު ރިޕޯޓުން ދައްކާ ގޮތުގައި ސެޕްޓެމްބަރު މަހު ގްރީން ޓެކުހުގެ ގޮތުގައި 75.6 މިލިއަން ރުފިޔާ ވަނީ ބަލައިގެންފައެވެ.
އޮގަސްޓުގައި އެންމެ ގިނައިން ގްރީން ޓެކްސް ލިބުނު ތިން އަތޮޅު
އާދައިގެ މަތިން އެންމެ ގިނައިން ގްރީން ޓެކްސް ލިބިފައިވަނީ މާލެ އަތޮޅުން. އެއީ 29.6 މިލިއަން ރުފިޔާ.
- އދ. އަތޮޅުން 10.6 މިލިއަން ރުފިޔާ
- ރ. އަތޮޅުން 6.5 މިލިއަން ރުފިޔާ
އޮގަސްޓް މަސް ނިމުނުއިރު ގްރީން ފަންޑުގައި ހުރި ފައިސާގެ އަދަދު އެއް ބިލިއަން ރުފިޔާއަށް ވުރެ އިތުރުވެފައިވާއިރު، އެ އަދަދު އެންމެ ފުރަތަމަ ބިލިއަނެއް ހުރަސް ކުރީ މިއަހަރުގެ ޖޫން މަހުގައެވެ.
ގްރީން ފަންޑުން ހަރަދު ކުރަނީ ތިމާވެށި ހިމާޔަތް ކުރުމަށާއި ދެމެހެއްޓެނިވި ތަރައްގީގެ މަޝްރޫއުތަކަށެވެ.
އެގޮތުން ފެނާއި ނަރުދަމާ ގާއިމް ކުރުމަށާއި ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫއުތަކަށް އަދި ވޭސްޓް މެނޭޖުމެންޓުގެ މަޝްރޫއުތަކަށް އެ ފަންޑުން ހަރަދު ކުރެއެވެ.
އޮގަސްޓުގައި ގްރީން ފަންޑުން އެންމެ ބޮޑު ހަރަދެއް ކުރި ތިން މަޝްރޫއު
ގްރޭޓާ މާލެ ސަރަހައްދުގެ ތިމާވެށި ހިމާޔަތް ކުރުމާއި ކުނި މެނޭޖު ކުރުމަށް 4.6 މިލިއަން ރުފިޔާ
- ހދ. ކުރިނބީ ފެނާއި ނަރުދަމާގެ ނިޒާމު ގާއިމު ކުރުމަށް 4.4 މިލިއަން ރުފިޔާ
- ގއ. ނިލަންދޫގައި ފެނާއި ނަރުދަމާގެ ނިޒާމު ގާއިމު ކުރުމަށް 3.9 މިލިއަން ރުފިޔާ
ގްރީން ޓެކްސްގެ ގޮތުގައި ރިސޯޓުތަކުގައި ތިބޭ ފަތުރުވެރިންގެ އަތުން ރެއަކާ ދުވާލަކަށް ހަ ޑޮލަރު ނަގަން ފެށީ 2015 ވަނަ އަހަރުން ފެށިގެންނެވެ. އަދި ގެސްޓް ހައުސްތަކުގައި ޗުއްޓީ ހޭދަކުރާ ފަތުރުވެރިން އަތުން ރެއަކާ ދުވާލަކަށް ތިން ޑޮލަރު ނަގަން ފެށީ 2016 އިން ފެށިގެންނެވެ.