SAFF Championship, Live-blog: Raajje 1 - 3 India
SAFF Championship, Live-blog: Raajje 1 - 3 India

Last Updated:
4 year 1 month ago

ސާފް ޗެމްޕިއަންޝިޕް، ލައިވްބްލޮގު: ރާއްޖެ 1 - 3 އިންޑިއާ

    ބުލޮގު ޚުލާސާ

    ސާފް ޗެމްޕިއަންޝިޕުގައި މިރޭ ރާއްޖެއާއި އިންޑިއާ ބައްދަލު ކުރާ މެޗަކީ ދެ ގައުމަށް ވެސް ފައިނަލެކެވެ. މެޗުން މޮޅުވާ ޓީމަކަށް މުބާރާތުގައި ކުރިއަށް ދިއުމުގެ ފުރުސަތު އޮތް އިރު، ރާއްޖެއަށް އޮތް އެންމެ ބޮޑު އެޑްވާންޓޭޖަކީ މި މެޗުން އެއްވަރުކޮށްލައިގެން ވެސް ފައިނަލަށް ދިއުމުގެ ފަހި ފުރުސަތެވެ. އިންޑިއާއަށް އެ ޖާގަ އޮތީ ހަމައެކަނި މޮޅަކުންނެވެ.

    ސާފްޗެމްޕިއަންޝިޕްގެ އެންމެ ކާމިޔާބު ގައުމަކީ އިންޑިއާ ކަމުގައި ވިޔަސް މި މުބާރާތުގެ އޮޔެވަރު މިހާހިސާބަށް ގޮސްފައިވަނީ އިންޑިއާ ބޭނުންވި ގޮތަކަށް ނޫނެވެ. ފުރަތަމަ މެޗުން އެއް ކުޅުންތެރިއަކު މަދުން ކުޅުނު ބަނގްލަދޭޝް އަތުން ލިބުނީ ޕޮއިންޓެކެވެ.

    ޖެހިގެން އައި މެޗުގައި މުބާރާތުގެ ތާވަލް ފުލުގައި އޮތް، އަދި މިހާރު މުބާރާތުން ކަޓައިފައިވާ ސްރީލަންކާއާ ދެކޮޅަށް ވެސް ނިންމާލަން ޖެހުނީ ޕޮއިންޓަކުން ފަރުޖައްސައިލައިގެންނެވެ. ތިންވަނަ މެޗުގައި އިންޑިއާ ވާދަކުރީ ނޭޕާލާއެވެ. އެ މެޗުން އެ ޓީމު ފަހުވަގުތު މޮޅުވީ، މެޗުގައި ޖެހި ހަމައެކަނި ގޯލުންނެވެ.

    މިހާތަނަށް ސާފްޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތް 12 ފަހަރަށް ބޭއްވިއިރު އޭގެތެރެއިން ހަތް މުބާރާތްް އިންޑިޔާ އިން ކާމިޔާބު ކޮށްފައެއެވެ. މުބާރާތުގެ ފައިނަލުގައި 11 ފަހަރަށް ވާދަކޮށްފައިވެއެވެ. މިއީ މި މުބާރާތުގެ ބޮޑު ރެކޯޑެކެވެ.

    މި ޓީމާ ދެން އެންމެ ގާތުން ވާދަކުރަނީ ސަރަހައްދުގައި އާބާދީ ގޮތުން އެންމެ ކުޑަ ރާއްޖެއެވެ. ރާއްޖޭން މި މުބާރާތުގައި 10 ފަހަރު ވާދަކޮށް، އޭގެތެރެއިން 02 މުބާރާތްް ކާމިޔާބު ކޮށްފައިވެއެވެ. އަދި ފަސް ފަހަރަށް މުބާރާތުގެ ފައިނަލްގައި ވާދަކޮށްފައިވެއެވެ.

    ސާފްޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތުގައި އިންޑިއާއާއި ދިވެހިރާއްޖެ 13 ފަހަރަށް ވާދަކޮށްފައި ވެއެވެ. އޭގެ ތެރެއިން ނުވަ މެޗް ކާމިޔާބު ކޮށްފައިވަނީ އިންޑިއާއިންނެވެ. ދިވެހިރާއްޖެ މުބާރާތަށް އާ ކޮޅު އިންޑިއާއާ ވަނީ އެއްވަރުކޮށްފައެވެ. އަދި ތިން މެޗުން ރާއްޖެ މޮޅުވިއިރު 1997 ވަނަ އަހަރު ނޭޕާލްގައި ބޭއްވުނު ސަފްޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތުގެ ގުރޫޕް ސްޓޭޖުގައި މި ދެޓީމް ވާދަކުރި މެޗް ނިމުނީ 2-2އިން އެއްވަރުވެގެންނެވެ.

    ސާފް ޗެމްޕިއަންޝިޕުގެ ތާރީޙަށް ބަލާއިރު، މި މިމުބާރާތުގައި އިންޑިއާއިން 55 މެޗް ކުޅެފައިވާއިރު 35 މެޗުން އެ ޓީމު ވަނީ މޮޅުވެފައެވެ. އޭގެ ތެރެއިން 12 މެޗުން އެއްވަރުވި އިރު، މުބާރާތުގައި ބަލިވެފައި ވަނީ އަށް މެޗުންނެވެ. އަނެއްކޮޅުން ރާއްޖެ ވަނީ މުބާރާތުގައި 46 މެޗެއް ކުޅެ، 24 މެޗަކުން މޮޅުވެފައެވެ. ބަލިވެފައިވަނީ 11 މެޗުންނެވެ.

    ސާފް ޗެމްޕިއަންޝިޕުގައި އިންޑިޔާއިން 93 ގޯލް ކާމިޔާބު ކޮއްފައިވާއިރު މި ސަރަހައްދުގެ އެހެން ގައުމުތަކަށް އިންޑިޔާގެ ގޯލަށް ވައްދާލެވިފައިވަނީ 35 ގޯލެވެ. އަދި އެހެންމެ ރާއްޖެ ވެސް 93 ގޯލް ކާމިޔާބު ކޮއްފައިވާއިރު ސަރަހައްދީ އެހެން ގައުމުތަކަށް ދިވެހިރާއްޖޭގެ ގޯލަށް ވައްދާލެވިފައި ވަނީ 45 ގޯލެވެ.

    22:49

    މެޗު ނިމުނީ. އިންޑިއާ 3 - 1 ރާއްޖެ

    22:47

    އިންޑިއާ ޓީމުގެ ސުބަސިޝް ބޯސްއަށް ދެ ރީންދޫ ކާޑު ހަމަވެ، ރަތް ކާޑު ދައްކައިފި

    22:38

    މެޗުގެ ފުރިހަމަ ވަގުތުގެ ކުޅުން ނިމުނީ. އިތުރު ވަގުތުގެ ގޮތުގައި ހަތަރު މިނަޓު ރެފްރީ ދައްކައިފި

    22:37

    މެޗުގެ ފުރިހަމަ ވަގުތު ހަމަވާން ބާކީ 10 މިނަޓު. އިންޑިއާ 3 - 1 ރާއްޖެ

    22:36

    22:33

    އިންޑިއާގެ ކޯޗު ސްޓިމަކް އައިގޯރ އަށް ރަތް ކާޑު ދައްކައިފި

    22:32

    22:28

    ރާއްޖެއިން ދެ ބަދަލެއް، ސަމުއްޓޭއާއި އައިސަމްގެ ބަދަލުގައި ކުޅެން ނުކުތީ ނޫމާން އަދި އުމެއިރު.

    22:28

    މިހާރުގެ ސްކޯ އަކީ އިންޑިއާ 3 - 1 ރާއްޖެ

    22:27

    އިންޑިއާގެ ގޯލު ކާމިޔާބު ކޮށްދިނީ ސުނިލް ޗެތުރީ.

    22:26

    އިންޑިއާ ގޯލު.

    22:25

    ރާއްޖެއިން ބަދަލެއް. ފޭދޫ އިއްބެގެ ބަދަލުގައި ކުޅެން ނުކުތީ ހަސަން ނާއިޒު (ދާދު)

    22:21

    އިންޑިއާގެ ކުޅުންތެރިއަކަށް ކުރި ފައުލާ ގުޅިގެން އައިސަމްއަށް ރީންދޫ ކާޑެއް.

    22:21

    '64:00 - މިހާރުގެ ސްކޯ އަކީ އިންޑިއާ 2 - 1 ރާއްޖެ

    22:20

    އަޝްފާގު ފޮނުވާލި ހިލޭ ޖެހުން ވެއްޓިގަނެފައި އިންޑިއާގެ ކީޕަރު ދިފާއުކޮށްފި.

    22:19

    ރާއްޖެއަށް އިންޑިއާގެ އޭރިއަ ކުރިމަތިން ކަހަލަ ގޮތަކަށް ހިލޭ ޖެހުމެއް.

    22:18

    އިންޑިއާގެ ގޯލު ކާމިޔާބު ކޮށްދިނީ ސުނިލް ޗެތުރީ. މިއީ އޭނާ މިފަހަރުގެ މުބާރާތުގައި ޖެހި ތިންވަނަ ގޯލު.

    22:18

    އިންޑިއާ ގޯލު. މިހާރުގެ ސްކޯ އަކީ އިންޑިއާ 2 - 1 ރާއްޖެ

    22:15

    އިންޑިއާއަށް ކޯނަރެއް. އަނެއްކާވެސް އިންޑިއާއިން ރާއްޖޭގެ ޑިފެންސަށް އަންނަނީ ބާރު ބޮޑު ކުރަމުން.

    22:10

    ރާއްޖެއަށް ގޯލު ޖަހާނެ ރަނގަޅު ފުރުސަތެއް. ސެންޓޭ ފޮނުވާލި ބޯޅަ އިންޑިއާ ކުޅުންތެރިއާގެ ފައިގައި ޖެހި ބްލޮކް .

    22:09

    އިންޑިއާގެ ޓީމުން މެޗުގައި ގިނަ ފައުލުތަކެއް ރާއްޖެ ކުޅުންތެރިންނަށް ވަނީ ކޮށްފައި. އެ ޓީމަށް މިހާތަނަށް ހަތަރު ރީންދޫކާޑު ވަނީ ދައްކައިފަ

    22:08

    ރާއްޖެއަށް ނުރައްކާތެރި ހިސާބަކުން ހިލޭ ޖެހުމެއް. އަޝްފާގަށް ކުރި ފައުލާ ގުޅިގެން ޗިންގްލެންސަނާއަށް ރީންދޫ ކާޑު.

    22:06

    އިންޑިއާ ޓީމުން ބަދަލެއް. ބްރެންޑަން ފަނަންޑޭޒްގެ ބަދަލުގައި ކުޅެން ނުކުތީ އުދަންތާ ސިންގް

    22:05

    އިންޑިއާގެ ކުޅުންތެރިއަކަށް އަނިޔާވެގެން ދަނޑުމަތީގައި ފަރުވާ ދެނީ.

    22:02

    ފުރަތަމަ ހާފުގެ ބޮޑުބައި ޑޮމިނޭޓް ކޮށްގެން ކުޅުނީ އިންޑިއާއިން. ރާއްޖެއަށް އެ ހާފުގައި މާ ގިނަ ފުރުސަތުތަކެއް އުފެއްދޭ ގޮތެއް ނުވި.

    22:01

    ދެވަނަ ހާފުގެ ކުޅުން ފެށިއްޖެ. ކިކްއޮފް ކުރީ އިންޑިއާ ޓީމުން

    22:00

    ދެވަނަ ހާފު ފެށުމަށް ދެ ޓީމުގެ ކުޅުންތެރިން ވެސް ދަނޑަށް ނުކުމެއްޖެ.

    21:44

    ޕެނަލްޓީ ކާމިޔާބުކޮށް ރާއްޖެއަށް ނަތީޖާ ހަމަހަމަ ކޮށްދިނީ އަޝްފާގު. މިއީ އޭނާ މި މުބާރާތުގައި ޖެހި ތިންވަނަ ގޯލު.

    21:43

    ރާއްޖެ ގޯލު.

    21:43

    ރާއްޖޭގެ ހަމްޒާ ބޯޅަ ހިފައިގެން ވަންނަން އުޅުމުގެ ތެރޭގައި ވަނީ ފައުލުކޮށްފައި.

    21:41

    ރާއްޖެއަށް ޕެނަލްޓީ.

    21:40

    ރާއްޖެއިން ރަނގަޅު ހަމަލާއެއް އުފައްދައިފި. ހަމްޒާ އޭރިއާ ބޭރުން ފޮނުވާލި ބޯޅަ ދިޔައީ ގޯލުގެ އަރިމަތިން ބޭރަށް.

    21:39

    އިންޑިއާ ޓީމުން ފުލުފުލުގައި ނުރައްކާތެރި ގިނަ ހަމަލާތަކެއް ދަނީ އުފައްދަމުން. ރާއްޖޭގެ ޑިފެންސުން ގިނަ މިސްޓޭކްތަކެއް ވަނީ ހަދައިފަ.

    21:34

    އިންޑިއާގެ ގޯލާއެކު ރާއްޖޭގެ ޓީމު ވަރަށް ބޮޑަށް ޕްރެޝަރަށް ގޮސްފި.

    21:33

    މިހާރުގެ ސްކޯ އަކީ އިންޑިއާ 1 - 0 ރާއްޖެ. މިގޮތަށް އޮވެ މެޗު ނިމިއްޖެ ނަމަ ފައިނަލަށް ދަތުރު ކުރާނީ އިންޑިއާ

    21:32

    އިންޑިއާގެ ގޯލު ކާމިޔާބު ކޮށްދިނީ އެ ޓީމުގެ ފޯވާޑް މަންވީރު ސިންގް.

    21:31

    އިންޑިއާ ގޯލު.

    21:31

    ރާއްޖޭގެ ސަޕޯޓަރުން ވަނީ މުޅި ދަނޑު ފުރާލާފައި --- ސަން ފޮޓޯ: އާލިމް

    21:30

    '30 ދަގަނޑޭއަށް ކުރި ފައުލަކާއި ގުޅިގެން އިންޑިއާގެ ސުބަޝިޝްއަށް ރީނދޫ ކާޑެއް

    21:30

    އަލީ އަޝްފާގަށް ކުރި ފައުލަކާ ގުޅިގެން އިންޑިއާ ޓީމުގެ ޑިފެންޑަރު ސުބަސިޝް ބޯސްއަށް ރީންދޫ ކާޑު ދައްކައިފި.

    21:29

    މެޗުގެ 30 މިނަޓުގެ ކުޅުން ނިމިއްޖެ. ރާއްޖެ 0 - 0 އިންޑިއާ

    21:28

    ޕެނަލްޓީ އޭރިއާ ކުރިމަތީގައި ހުރެ ދަނގަޑޭ ފޮނުވާލި ހަމަލާ އިންޑިއަގެ ސުބަސިޝް ފައިގަ ޖެހިފައި ކޯނަރަކަށް ވަނީ ބޭރުވެފައި

    21:28

    '28 ދަނގަޑޭ އަށް ރަނގަޅު ފުރުސަތެއް

    21:27

    '27 އިންޑިއާއިން އަންނަނީ ފުލު ފުލުގައި ރާއްޖޭގެ ގޯލަށް ނުރައްކާ ކުރަމުން

    21:26

    '25 އިންޑިއާ އިން ނުރައްކާތެރި ހަމަލާއެއް. ޕެނަލްޓީ އޭރިއާ ތެރެއަށް ހުރަސްކޮށްލި ބޯޅަ ފުންމައިގެން އަރައި ސުނިލް ޗެތްރީ ފޮނުވާލި ނަމަވެސް ޖެހުނީ ހުރަސް ދަނޑީގައި

    21:24

    '24 ޗެތްރީއަށް ކުރި ފައުލަކާއި ގުޅިގެން ރާއްޖޭގެ ސަމޫހު އަށް ވެސް ރީނދޫ ކާޑެއް ދައްކައިފި

    21:23

    ޕެނަލްޓީ އޭރިއާ ކައިރިން ހަމްޕުއަށް ކުރި ފައުކަލާއި ގުޅިގެން ރީނދޫ ކާޑު ދެއްކީ އިންޑިއާގެ 20 ނަންބަރު ރާހުލް އަށް

    21:22

    '23 އިންޑިއާ ކުޅުންތެރިއަކަށް އަނެއްކާ ވެސް ރީނދޫ ކާނޑެއް

    21:20

    '20 އިންޑިއާގެ ހަމްޒާ ރާއޯއަށް ރީނދޫ ކަނޑޭއް ދައްކައިފި

    21:17

    '19 ކައުންޓަރ އެޓޭކެއްގައި ރާއްޖެ އިން އުފައްދަން އުޅުނު ހަމަލާ އިންޑިއާގެ ކުޅުންތެރިން ވަނީ ހުއްޓުވާފައި

    21:04

    ރާއްޖެއަށް ކޯނަރު. ކޯނަރު ނަގަން ގޮސް ހުރީ އަލީ އަޝްފާގު (ދަގަނޑޭ)

    21:01

    ރާއްޖެއަށް ޖެހުމެއް. އިންޑިއާ ދެ ކުޅުންތެރިން ވެގެން ރާއްޖޭގެ ހަމްޒާއަށް ވަނީ ފައުލު ކޮށްފައި.

    21:00

    ދެ ޓީމުން ވެސް މެޗު ފެށީ ހައި ޓެމްޕޯއެއްގައި.

    20:58

    ރާއްޖޭގެ ޓީމް --- ސަން ފޮޓޯ: އަހްމަދު އައިމަން އަލީމެޗު ފެށުނީ. ކިކްއޮފް ކުރީ ރާއްޖެއިން.

    20:57

    މެޗު ފެށުމަށް ދެ ޓީމުގެ ކުޅުންތެރިން ވެސް ދަނޑަށް ނުކުމެއްޖެ. ރާއްޖެއިން މެޗުގައި ބޭނުން ކުރާނީ ރަސްމީ ރަތް ކުލައިގެ ޖާޒީ. އިންޑިއާ ބޭނުން ކުރަނީ ހުދު ކުލައިގެ ޖާޒީ.

    20:49ޢާލިމް އަބްދުއްލަތީފް

    މިރޭގެ މެޗު ބެލުމަށް ގިނަ އަދަދެއްގެ ދިވެހި ސަޕޯޓަރުން ވަނީ ދަނޑަށް ވަދެފައި --- ސަން ފޮޓޯ: އަހްމަދު އައިމަން އަލީމެޗު ފަށަށް 15 މިނެޓަށް ވީއިރު ދަނޑުގައި ކުޑަ ނަމަވެސް ޖާގައެއް ނެތް. ބައެއް މީހުން ތިބީ ސިޑިބަރީގެ ތިރީގައި ކޮޅަށް. އަނެއް ބަޔަކު ސިޑިބަރީގެ މަތީގައި ކޮޅަށް އެބަތިބި. އެހެން ނަމަވެސް އަދިވެސް ދަނޑަށް މީހުން ވަންނަމުން އެބަދޭ.

    20:47

    20:45

    20:44

    "އެހެންޏާ ކުދިކުދި ބައިބައިވުންތަކާ ހިޔާލުތަފާތުވުންތައް ދިމާވެފައި އެބަހުރި [ޓީމު ތެރޭގައި]. އަޅުގަނޑު މަސައްކަތް ކުރިއިރު ވެސް. އެހެން ނަމަވެސް މިއީ ރާއްޖޭގެ ތާރީހުގައި ވެސް މިގޮތަށް މިހާ އެކުވެރިކޮށް ރާއްޖޭގެ ގައުމީ ޓީމެއް، ހާއްސަކޮށް ސީނިއާ ފުޓުބޯޅަ ޓީމެއް އޮތް ފުރަތަމަ ފަހަރުކަން އަޝްފާގުމެން ގަބޫލުކުރާނެ. އެހެންވީމަ އަޅުގަނޑު މިއަދު އައިސް މިތާ އިށީނދެ ނެގި 23 ކުޅުންތެރިންނާ ދޭތެރޭ ފަހުރުވެރިވަމޭ ބުނެވިދާނެ،"

    - ސުޒޭން

    20:43

    ސްރީލަންކާއާއި ރާއްޖެ ވާދަކުރި މެޗަށްފަހު ނޫސްވެރިންނާ ބައްދަލުކޮށް ސުޒޭން ބުނީ މި ފަހަރުގެ އުރީދޫ ސާފް ޗެމްޕިއަންޝިޕަށް ނެގި ޓީމަކީ ރާއްޖޭގެ ތާރީހުގައި ވެސް ނެގުނު އެންމެ އެކުވެރި ގައުމީ ޓީމު ކަމާއި، ޓީމަށް ނެގި 23 ކުޅުންތެރިންނާމެދު ފަހުރުވެރިވާކަމަށް

    20:36ޢާލިމް އަބްދުއްލަތީފް

    ވިއްކައިފައިވާ ޓިކެޓްތަކުގެ އިތުރަށް ވެސް މީހުން ވަދެފައިވާކަން ފާހަގަ ކުރެވޭ. ވަންނަން އުޅުނު ބައެއް މީހުން ވަގު ޓިކެޓް ގެންގުޅޭތީ ދަނޑަށް ނުވައްދާ އަނބުރާ ފޮނުވައިލައިފައި ވޭ

    20:31

    އިންޑިއާގެ ފުރަތަމަ އެގާރަ:

    1. ގުޕްރީތު ސިންގް (ކީޕަރު

    2. ސުނިލް ޗެތުރީ (ކެޕްޓަން)

    3. ރަހުލް ޝަންކަރު

    4. ސުބާސިޝް ބޯސް

    5. ލަލެންންމަވިއާ

    6. މަންވީރު ސިންގްހް

    7. ބްރެންޑަން ފަނަންޑޭޒް

    8. ޔާސިރު މުހައްމަދު

    9. މަންދަރު ރާއޯ

    10. ޕްރިޓަމް ކޮޓަލް

    11. ސުރޭޝް ސިންގް

    20:29ޢާލިމް އަބްދުއްލަތީފް

    މެޗް ފަށަން ބައިގަޑިރަށްވީއިރު މުޅި ގަލޮޅު ދަނޑު ފުރައިލައިފި.

    20:25

    ދިވެހިރާއްޖޭގެ ފުރަތަމަ އެގާރަ:

    1. މުހައްމަދު ފައިސަލް (ކީޕަރު)

    2. ސަމޫހު އަލީ
    3. އަކްރަމް އަބްދުލް ޢަނީ (ކެޕްޓަން)
    4. ހައިޝަމް ހަސަން
    5. އަލީ އަޝްފާގު
    6. އިބްރާހިމް މަހުދީ ހުސެއިން
    7. ހަމްޒާ މުހައްމަދު
    8. ހުސައިން ނިހާން
    9. އިބްރާހިމް އައިސަމް
    10. ހުސައިން ޝިފާއު (ކުރޯ)
    11. އަލީ ފާސިރު
    20:24

    ސާފް ޗެމްޕިއަންޝިޕުގައި ރާއްޖެ އަދި އިންޑިއާ ބައްދަލު ކުރާ މެޗުގެ ލައިވްބްލޮގަށް މަރުހަބާ!