13 Oct 2021, 17:24
ވޯލްޑް ލަގްޒަރީ ހޮޓެލް އެވޯޑްސްގައި ދުނިޔޭގެ ފެންވަރުގެ ތިން އެވޯޑެއް ރާއްޖޭގެ ތިން ރިސޯޓަކަށް ލިބިއްޖެއެވެ.
ފަނަރަ ވަނަ ވޯލްޑް ލަގްޒަރީ ހޮޓަލް އެވޯޑްސްގައި ރާއްޖޭގެ ފަރާތުން ވަނީ ދުނިޔޭގެ ފެންވަރުގެ އިތުރުން އޭޝިއާ ބައްރުގައި ވެސް އަދި ސަރަހައްދީ ފެންވަރުގައި ވެސް ވާދަކޮށް އެވޯޑްތަކެއް ހޯދާފައެވެ.
އެގޮތުން، ދުނިޔޭގެ ފެންވަރުގެ ތިން އެވޯޑެއް ރާއްޖެއަށް ލިބުނުއިރު ކޮންޓިނެންޓަލް ކެޓަގަރީން ރާއްޖޭގެ ހަ ރިސޯޓެއް ވަނީ އެވޯޑް ގެންގޮސްފައެވެ. އަދި ސަރަހައްދީ ފެންވަރުގެ ތިން އެވޯޑެއް ރާއްޖެއަށް ވަނީ ލިބިފައެވެ.
ދުނިޔޭގެ ފެންވަރުގެ އެވޯޑް ލިބުނު ރިސޯޓްތައް:
ލަގްޒަރީ އޯޝިއަން ވިއު ރިސޯޓް: ބެގްލިއޯނީ ރިސޯޓް މޯލްޑިވްސް
ލަގްޒަރީ ހަނީމޫން ރިސޯޓް: ސެންޓާރާ ރަސްފުށި ރެސޯޓް އެންޑް ސްޕާ މޯލްޑިވްސް
ލަގްޒަރީ ވޯޓާ ވިލާ ރިސޯޓް: ކޮންސްޓެންސް ހަލަވެލި މޯލްޑިވްސް
ކޮންޓިނެންޓަލް ކެޓަގަރީން އެވޯޑް ގެންދިޔަ ރާއްޖޭގެ ހަ ރިސޯޓަކީ:
ލަގްޒަރީ އޯލް އިންކްލޫސިވް ޓްރީޓްމަންޓް: އެމެރަލްޑް މޯލްޑިވްސް ރިސޯޓް އެންޑް ސްޕާ
ލަގްޒަރީ ބޮޓީކް ރިސޯޓް: ފިޔަވަޅު މޯލްޑިވްސް
ލަގްޒަރީ އިކޯ ރިސޯޓް: ފުށިފަރު މޯލްޑިވްސް
ލަގްޒަރީ ބީޗް ރިސޯޓް: ގްރޭންޑް ޕާކް ކޮދިއްޕަރު މޯލްޑިވްސް
ލަގްޒަރީ ފެމިލީ ބީޗް ރިސޯޓް: ކުރުނބާ މޯލްޑިވްސް
ލަގްޒަރީ އިކޯ/ ގްރީން ހޮޓެލް: ރީތި ފަރު ރިސޯޓް
ރީޖަނަލް ކެޓަގަރީން ރާއްޖޭގެ ތިން ރިސޯޓަކަށް އެވޯޑް ލިބުނެވެ.
ލަގްޒަރީ ފެމެލީ ރިސޯޓް: ހާޑް ރޮކް ހޮޓެލް މޯލްޑިވްސް
ލަގްޒަރީ ބީޗް ރިސޯޓް: ސައި ލެގޫން މޯލްޑިވްސް، ކުރިއޯ ކަލެކްޝަން ބައި ހިލްޓަން
ލަގްޒަރީ އިކޯ ރިސޯޓް: ސަން އައިލެންޑް ރިސޯޓް އެންޑް ސްޕާ
ރާއްޖޭގެ ފެންވަރުގެ އެވޯޑްތައް ލިބުނު ރިސޯޓްތައް:
ލަގްޒަރީ ޕްރައިވެޓް އައިލެންޑް ރިސޯޓް: ޕާކް ހިއަޓް މޯލްޑިވްސް ހަޑަހާ
ލަގްޒަރީ އިކޯ ރިސޯޓް: ކޮންސްޓެންޓް މޫފުށި މޯލްޑިވްސް
ވޯލްޑް ލަގްޒަރީ ހޮޓެލް އެވޯޑްސްގައި ހުރިހާ ގޮތަކުން އެންމެ ފާހަގަކޮށްލެވޭ ރިސޯޓަކަށް ހޮވުނީ، އިފެލް ޓަވަރު ފެންނަ ގޮތަށް ހުންނަ ޝަންގްރިލާ ޕެރިސް އަށެވެ.
ވޯލްޑް ލަގްޒަރީ ހޮޓެލް އެވޯޑްސް އެންމެ ފުރަތަމަ ދީފައި ވަނީ 2007 ވަނަ އަހަރުއެވެ.
ދުނިޔޭގެ ލަގްޒަރީ ހޮޓެލްތައް ފާހަގަކޮށް ދެމުން އަންނަ ދުނިޔޭގައި ފާހަގަކޮށްލެވޭ އެވޯޑް، ވޯލްޑް ލަގްޒަރީ ހޮޓެލް އެވޯޑްސްގައި ދުނިޔޭގެ ފެންވަރުގައާއި ސަރަހައްދީ އަދި ގައުމީ ފެންވަރުގައި 100 އަށްވުރެ ގިނަ ކެޓަގަރީން އެވޯޑް ދެ އެވެ. އަދި އެވޯޑުގެ ހުރިހާ ވަނައެއްވެސް ހޮވަނީ އާއްމުންގެ ވޯޓުންނެވެ.