Last Updated:
4 year 1 month ago

ބަންގްލަދޭޝް ރޮއްވާލުމަށްފަހު ނޭޕާލް ފުރަތަމަ ފަހަރަށް ފައިނަލަށް

    ބުލޮގު ޚުލާސާ

    ސާފް ޗެމްޕިއަންޝިޕުގައި މިއަދު ނޭޕާލާއި ބަންގްލަދޭޝް ބައްދަލު ކުރާ މެޗަކީ ފައިނަލެކެވެ. މޮޅުވާ ޓީމަކަށް މުބާރާތުގައި ކުރިއަށް ދިއުމުގެ ފުރުސަތު އޮތް އިރު، ދެ ޓީމަށް ވެސް އޮތީ ވަރުގަދަ ޗެލެންޖެކެވެ. ބަންގްލަދޭޝްއިން އެތައް އަހަރަކަށްފަހު ތަށި ހޯދުމަށް އަމާޒުކަނޑައަޅާފައިވާ އިރު، ނޭޕާލްގެ އުންމީދަކީ މުބާރާތުގެ ފުރަތަމަ ރަން މެޑަލް ހޯދުމެވެ.

    މިއަދުގެ މެޗަށް ދެ ޓީމުން ވެސް ރަނގަޅަށް ތައްޔާރުވެފައިވާ އިރު، މުބާރާތުގައި މިހާތަނަށް ކުޅުނު ތިން މެޗުން ނޭޕާލް ވަނީ ހަ ޕޮއިންޓް ހޯދައިފައެވެ. ފުރަތަމަ މެޗުގައި ރާއްޖެ ބަލިކޮށް ހޯދި އުންމީދާ އެކު ދެވަނަ މެޗުގައި ސްރީ ލަންކާ އަތުން ވެސް އެ ޓީމު ވަނީ މޮޅުވެފައެވެ. ފަހު މެޗުގައި އިންޑިއާ އަތުން ތިން ޕޮއިންޓް ގެއްލުނީ ފަހު ވަގުތު އެ ޓީމުގެ ފޯވާޑް ސުނިލް ޗެތުރީ ޖެހި ގޯލުންނެވެ.

    އަނެއްކޮޅުން ބަންގްލަދޭޝް ވަނީ މިހާތަނަށް ކުޅުނު ތިން މެޗުން ހަތަރު ޕޮއިންޓް ހޯދައިފައެވެ. ފުރަތަމަ މެޗުގައި ސްރީލަންކާ ބަލިކޮށް، ދެވަނަ މެޗުގައި ވަރުގަދަ އިންޑިއާ އަތުން ވަނީ ޕޮއިންޓެއް ހޯދައިފައެވެ. އެކަމަކު ތިންވަނަ މެޗުގައި ރާއްޖެ އަތުން 0-2 އިން ވަނީ ބަލިވެފައެވެ.

    މި މެޗުގެ ނަތީޖާ އެއްވަރުކޮށްލައިގެން ވެސް ނޭޕާލަށް މުބާރާތުގައި ފައިނަލަށް ދިއުމުގެ ފުރުސަތު އެބައޮތެވެ. ބަންގްލަދޭޝްއަށް ފައިނަލަށް ދެވޭނީ މޮޅެއް ހޯދައިގެންނެވެ.

    ނޭޕާލާ ދެކޮޅަށް އެންމެ ފަހުން ބަންގްލަދޭޝް ކުުޅުނު ފަސް މެޗުގެ ތެރެއިން މޮޅުވީ އެންމެ މެޗަކުންނެވެ. ނޭޕާލް ތިން މެޗުން މޮޅުވިއިރު، މި އަހަރު ނޭޕާލްގައި ބޭއްވި ތުރީ ނޭޝަންސް ކަޕް ފައިނަލުގައި އެ ޓީމު ވަނީ 2-1 އިން ބަންގްލަދޭޝް ބަލިކޮށްފައެވެ.

    ސާފް ޗެމްޕިއަންޝިޕްގައި ނޭޕާލް ވަނީ 1993 ވަނަ އަހަރުގެ މުބާރާތުގެ ތިން ވަނަ ހޯދައިފައެވެ. އޭގެ ފަހުން އެ ޓީމު ވަނީ ސާފް ޗެމްޕިއަންޝިޕްގެ ސެމީ ފައިނަލުން ބަލިވެފައެވެ. އެންމެ ފަހުން 2018 ވަނަ އަހަރުގެ މުބާާރާތުގެ ސެމީ ފައިނަލުގައި ބަލިވީ ރާއްޖެ އަތުންނެވެ.

    17:59

    މަރުހަބާ ނޭޕާލް! މި ނަތީޖާއާ އެކު ނޭޕާލް ވަނީ ފައިނަލުގެ ޖާގައެއް ކަށަވަރުކޮށްފައި.

    17:53

    މެޗު ނިމުނީ. ބަންގްލަދޭޝް 1 - 1 ނޭޕާލް

    17:52

    ނޭޕާލަށް ޖެހުން. ބަންގްލަދޭޝްގެ ކުޅުންތެރިން ވަރަށް ބޮޑަށް ދަނީ ރެފްރީ ގާތު ޝަކުވާކުރަމުން.

    17:51

    މެޗުގެ ފުރިހަމަ ވަގުތުގެ ކުޅުން ހަމަވީ. އިތުރު ވަގުތުގެ ގޮތުގައި ހަ މިނަޓު ރެފްރީ ދައްކައިފި.

    17:50

    މިހާރުގެ ސްކޯ އަކީ ނޭޕާލް 1 - 1 ބަންގްލަދޭޝް. މިގޮތުގައި ނިމިއްޖެ ނަމަ ފައިނަލަށް ދާނީ ނޭޕާލް.

    17:50

    ނޭޕާލްގެ ޕެނަލްޓީ ކާމިޔާބުކޮށް ނަތީޖާ ހަމަހަމަ ކޮށްދިނީ އަންޖަން ބިސްޓާ.

    17:49

    ނޭޕާލް ގޯލު.

    17:44

    ނޭޕާލަށް ޕެނަލްޓީ. ނޭޕާލްގެ ކުޅުންތެރިޔާއަށް ކުރި ފައުލަކާ ގުޅިގެން ލިބުނު ޕެނަލްޓީ ކުރިއަށް ފޮނުވާލަން ގޮސް ހުރީ އަންޖަން ބިސްޓާ.

    17:43

    މެޗުގެ 82 މިނަޓު ކުޅެވިއްޖެ. ބަންގްލަދޭޝް 1 - 0 ނޭޕާލް

    17:42

    ބަންގްލަދޭޝް ޓީމުން ބަދަލެއް. ބިޕްލޯ އަހުމަދުގެ ބަދަލުގައި ކުޅެން ނުކުތީ ކީޕަރު އަޝްރަފުލް އިސްލާމް.

    17:40

    އަނިސުރުއަށް ކާޑު ދެއްކީ އޭރިއާ ބޭރުން ގަސްތުގައި އަތުން ޖެއްސުމުން.

    17:39

    ބަންގްލަދޭޝްގެ ކީޕަރު އަނިސުރް އަށް ރަތް ކާޑު.

    17:37

    ބަންގްލަދޭޝްގެ ސަޕޯޓަރުން --- ސަން ފޮޓޯ

    ބަންގްލަދޭޝްގެ ސަޕޯޓަރުން --- ސަން ފޮޓޯ

    17:36

    ބަންގްލަދޭޝްގެ ކީޕަރު އަނިސުރް ރަހްމާންއަށް އަނިޔާވެގެން ދަނޑުމަތީގައި ފަރުވާ ދެނީ.

    17:33

    ނޭޕާލްގެ ޓީމުން ދެ ބަދަލެއް ކޮށްފި. ފޭބީ ސުޖަލް ޝްރެތާއާއި އަޔޫޝް ގަލަން. ކުޅެން ނުކުތީ ސުމަން އަރްޔަލްއާއި މަނީޝް ޑަންގީ.

    17:31

    ނޭޕާލަށް ލަނޑު ޖަހާނެ ރަނގަޅު ފުރުސަތެއް. ރޯހިތު ޗަންދާ އޭރިއާ ތެރޭގައި ހުރެ ބޮލުން ފޮނުވާލި ހަމަލާ ދިޔައީ ދަނޑި ކައިރިން ބޭރަށް. ނޭޕާލަށް މި ހާފުގައި ލަނޑު ޖަހާނެ ރަނގަޅު ފުރުސަތުތަކެއް ވަނީ ލިބިފައި.

    17:30

    ދެވަނަ ހާފުގެ 23 މެޗު، މެޗުގެ 68 މިނަޓުގެ ކުޅުން ނިމުނު އިރު ބަންގްލަދޭޝް އެއް ގޯލުގެ ލީޑެއް ވަނީ ނަގައިފަ. ނޭޕާލުން ގޯލެއް ޖެހުމަށް ޓީމު އެއްކޮށް ވަނީ ކުރިއަށް ޖައްސައިފަ.

    17:28

    ބަންގްލަދޭޝް ޓީމުން އަނެއްކާވެސް ބަދަލެއް. މުހައްމަދު އިބްރާހިމްގެ ބަދަލުގައި ކުޅެން ނުކުތީ އެމްޑީ މާޓިން މިއާ

    17:27

    ބަންގްލަދޭޝް ޓީމުން ބަދަލެއް. އެ ޓީމުގެ ކެޕްޓަން ޖަމާލްގެ ބަދަލުގައި ކުޅެން ނުކުތީ ސޮހެލް ރަނާ.

    17:26

    ނޭޕާލުގެ ހިލޭ ޖެހުން ނާކާމިޔާބު. ބަންގްލަދޭޝް ކުޅުންތެރިން ބޯޅަ ސާފުކޮށްލައިފި.

    17:23

    ނޭޕާލަށް ބަންގްލަދޭޝްގެ އޭރިއާ ބޭރުން ޖެހުމެއް. ބޯޅަ ފޮނުވާލަން ހަތަރު ކުުންތެރިއަކު ބޯޅަ ކައިރީ ހުއްޓިލައިގެން އެބަތިބި.

    17:21

    ނޭޕާލްގެ ޓީމުން ބަދަލެއް. ބިޝަލް ރާއީގެ ބަދަލުގައި ކުޅެން ނުކުތީ ސުމަން ލަމާ.

    17:20

    ނޭޕާލުން ގޯލެއް ޖެހުމަށް އަންނަނީ ވަރަށް ބޮޑަށް މަސައްކަތް ކުރަމުން.

    17:18

    ނޭޕާލަށް ކޯނަރު. ނޭޕާލުގެ ކޯނަރު ފޮނުވާލަބް ގޮސް ހުރީ ސުޖަލް ޝްރެތާ. ސުޖަލް ނަގައިދިން ކޯނަރުގެ ބޭނުން ނުކުރެވި ބޯޅަ ބޭރަށް.

    17:17

    ބަންގްލަދޭޝްގެ އެޓޭކަށްފަހު ސުމަންއަށް އަނިޔާވެގެން ދަނޑުމަތީގައި ފަރުވާ ދެނީ.

    17:16

    ބަންގްލަދޭޝްއަށް ލީޑު ފުޅާ ކުރުމަށް ރަނގަޅު ފުރުސަތެއް. އެ ޓީމުގެ ފޯވާޑް ސުމަން އޭރިއާ ތެރެއަށް ވަނުމަށްފަހު ފޮނުވާލި ހަމަލާ ދިފާއު ކުރީ ނޭޕާލު ޓީމުގެ ކީޕަރު ކިރަން.

    17:14

    ނޭޕާލަށް ގޯލު ޖަހާނެ ރަނުގެ ފުރުސަތެއް. އަޔޫޝް މުޅިން ހުސްކޮށް ހުރެ ބޮލުން ފޮނުވާލި ބޯޅަ ބަންގްލަދޭޝްގެ ކީޕަރު ދިފާއުކޮށްފި. މިއީ ނޭޕާލުން މިހާތަނަށް މެޗުގައި އުފެއްދި އެންމެ ނުރައްކާތެރި ހަމަލާ.

    17:11

    ނޭޕާލަށް އަނެެއްކާވެސް ރަނގަޅު ހިސާބަކުން ޖެހުމެއް. މިފަހަރުވެސް ބޯޅަ ފޮނުވާލަނީ އަޔޫޝް.

    17:10

    އަޔޫޝް ވަރަށް ބަލާލައިފައި އޭރިއާ ތެރެއަށް ނަގައިދިން ބޯޅަ ބަންގްލަދޭޝްގެ ކީޕަރު ދިފާއުކޮށްފި.

    17:09

    ނޭޕާލަށް ނުރައްކާތެރި ހިސާބަކުން ހިލޭ ޖެހުމެއް. މި ހިލޭ ޖެހުން ކުރިއަށް ފޮނުވާލަން ގޮސް ހުރީ އަޔޫޝް

    17:07

    ނޭޕާލަށް މި ހާފުގައި ގޯލެއް ޖެހުން މަޖުބޫރު. މިހާރުގެ ސްކޯ އަކީ ބަންގްލަދޭޝް 1 - 0 ނޭޕާލް

    17:05

    ދެވަނަ ހާފުގެ ކުޅުން ފެށުނީ. މި ހާފު ކިކްއޮފް ކުރީ ނޭޕާލްގެ ޓީމުން.

    16:53

    ނޭޕާލް ކޮޅަށް ގޯލު ޖެހުމަށްފަހު ބަންގަލަދޭޝް ކުޅުންތެރިން އުފާފާޅު ކުރަނީ --- ސަން ފޮޓޯ: އަހްމަދު އައިމަން

    16:51

    ދެވަނަ ހާފު ފެށުމަށް ދެ ޓީމުގެ ކުޅުންތެރިން ވެސް ދަނޑަށް ނުކުމެއްޖެ.

    16:48

    ފުރަތަމަ ހާފުގެ ކުޅުން ނިމުނީ. ބަންގްލަދޭޝް 1 - 0 ނޭޕާލް

    16:45

    ފުރަތަމަ ހާފުގެ އިތުރުވަގުތުގެ ގޮތުގައި ދެ މިނަޓު ރެފްރީ ދައްކައިފި.

    16:45

    ނޭޕާލްގެ ކޯނަރާ އެކު އުފެދުނު ނުރައްކާތެރި ހަމަލާ ބަންގްލަދޭޝްގެ ކީޕަރު ވެއްޓިގަނެފައި ދިފާއުކޮށްފި.

    16:43

    ނޭޕާލަށް ކޯނަރެއް. ކޯނަރު ނަގާއިރު އެ ޓީމުގެ ދެ ކުޅުންތެރިން ފިޔަވާ އެހެން ހުރިހާ ކުޅުންތެރިން އޭރިއާ ތެރޭގައި މަޑުކޮށްލައިގެން އެބަތިބި.

    16:39

    ބަންގްލަދޭޝްއަށް ކޯނަރު. ނަގައިދެން ގޮސް ހުރީ ކެޕްޓަން ޖަމާލް.

    16:38

    މިއަދުގެ މެޗަށް ބަންގްލަދޭޝްގެ ސަޕޯޓަރުން ވަދެ، ދަނޑު ގާތް ގަނޑަކަށް އޮތީ ފުރާލައިފަ.

    16:34

    ބަންގްލަދޭޝްގެ ސާދުއްދީން ކުރި ފައުލަކާ ގުޅިގެން އޭނާއަށް ރީންދޫ ކާޑު. މިއީ ބަންގްލަދޭޝް ޓީމަށް މި ހާފުގައި ދެއްކި ދެވަނަ ރީންދޫ ކާޑު.

    16:33

    ބަންގްލަދޭޝްއަށް ޖެހުމެއް. ޖެހުން ކުރިއަށް ފޮނުވާލަނީ ކެޕްޓަން ޖަމާލް. ޖަމާލް ފޮނުވާލި ބޯޅައަށް އަރަން ހުރި ކުޅުންތެރިޔާ އޮފްސައިޑު.

    16:30

    '30:00 - ނޭޕާލް 0 - 1 ބަންގްލަދޭޝް

    16:29

    ބަންގަލަދޭޝްއިން އަނެއްކާވެސް ނުރައްކާތެރި ހަމަލާއެއް. އެ ޓީމުން އުފެއްދި ކައުންޓާ އެޓޭކެއްގައި ސާދު އޭރިއާ ބޭރުން ފޮނުވާލި ހަމަލާ ދިޔައީ ދަނޑި ކައިރިން ބޭރަށް.

    16:28

    ނޭޕާލުން މެޗު ވަރުގަދައަށް ފެށި ނަމަވެސް ބަންގްލަދޭޝް ޓީމުން މެޗު ކުރިއަށްދާ ވަރަކަށް ނުރައްކާތެރި ހަމަލާތައް ދަނީ އިތުރުކުރަމުން.

    16:26

    ނޭޕާލަށް ލިބުނު ހިލޭ ޖެހުމެއްގައި ތާރިގު ފޮނުވާލި ބޯޅަ ދިޔައީ ހުރަސް ދަނޑި މަތިން ބޭރަށް.

    16:25

    މިހާރު މިއޮތް ނަތީޖާއާ އެކު މެޗު ނިމިއްޖެ ނަމަ ފައިނަލަށް ދާނީ ބަންގްލަދޭޝް.

    16:23

    ބަންގްލަދޭޝްއިން ހަމަލާއެއް. ސުމަން ވަރަށް ރީތިކޮށް ކުޅުންތެރިޔާ ބީޓުކޮށްލުމަށްފަހު އޭރިއާ ތެރެއަށް ވަދެ ފޮނުވާލި ބޯޅަ ނޭޕާލުގެ ކީޕަރު ކިރަން ހަމަޖެހިލާފައި ދިފާއުކޮށްފި.

    16:22

    މެޗުގެ 20 މިނަޓު ކުޅެވުނު އިރު، ދެ ޓީމުގެ ފަރާތުން ވެސް ވާދަވެރި ކުޅުމެއް ވަނީ ފެނިފައި. މިހާރުގެ ސްކޯ އަކީ ނޭޕާލް 0 - 1 ބަންގްލަދޭޝް

    16:21

    ބަންގްލަދޭޝްއިން އަނެއްކާވެސް ހަމަލާއެއް. އެ ޓީމުގެ ރާކިބް ހޮސައިން އޭރިއާ ބޭރުން ފޮނުވާލި ހަމަލާ ދިޔައީ އަރިމަތިން ބޭރަށް.

    16:18

    ނޭޕާލަށް ގޯލު ޖަހާނެ ރަނގަޅު ފުރުސަތެއް. އެ ޓީމުގެ ރޯހިތު ޝަންދު އޭރިއާ ތެރޭގައި ހުރެފައި ފޮނުވާލި ބޯޅަ ދިޔައީ ގޯލުގެ އަރިމަތިން ބޭރަށް.

    16:13

    ބަންގްލަދޭޝްއިން ގޯލު ޖެހީ އެ ޓީމަށް މެޗުގައި ލިބުނު ފުރަތަމަ ފުރުސަތުގައި.

    16:12

    މިހާރުގެ ސްކޯ އަކީ ބަންގްލަދޭޝް 1 - 0 ނޭޕާލް

    16:11

    ބަންގްލަދޭޝްގެ ގޯލު ކާމިޔާބު ކުރީ ސުމަން. ބަންގްލަދޭޝްއަށް ލިބުނު ހިލޭ ޖެހުން ނަގައިދިނީ އެ ޓީމުގެ ކެޕްޓަން ޖަމާލް. އޭނާ ނަގައިދިން ހުރަސް ސުމަން ގޯލަށް ފޮނުވާލީ ބޮލުން.

    16:11

    ބަންގްލަދޭޝް ގޯލު

    16:10

    ބަންގްލަދޭޝްގެ 21 ނަންބަރު ރާކިބް ހޮސައިން އަށް ކުރި ފައުލާ ގުޅިގެން އެ ޓީމަށް ޖެހުން.

    16:09

    މެޗުގެ ހަ މިނަޓު ކުޅެވުނު އިރު، ނޭޕާލުން އަންނަނީ ރަނގަޅު ހަމަލާއެއް އުފެއްދުމަށް މަސައްކަތް ކުރަމުން.

    16:07

    މިއަދުގެ މެޗުގެ ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ބަންގްލަދޭޝްގެ ކޯޗު އޮސްކާ ބުރުޒޮން ބުނީ، ބަންގްލަދޭޝް ފުޓްބޯޅަ މިހާރު ކުރިއަރާފައިވާކަން ސާބިތުކޮށްދޭން ލިބޭ އެންމެ ރަނގަޅު ފުރުސަތަކީ އުރީދޫ ސާފް ޗެމްޕިއަންޝިޕް ކަމަށް.

    16:06

    ނޭޕާލްގެ ޖެހުން ފޮނުވާލީ ސުޖާލް. އޭނާ ފޮނުވާލި ބޯޅަ ދިޔައީ މާ މަތިން ބޭރަށް.

    16:03

    ނޭޕާލަށް ނުރައްކާތެރި ހިސާބަކުން ހިލޭ ޖެހުމެއް. ބަންގްލަދޭޝްގެ ޓޮޕޫ ބަރްމާން ނޭޕާލް ކުޅުންތެރިޔާއަށް ފައުލު ކުރުމާ ގުޅިގެން އޭނާއަށް ރީންދޫ ކާޑު ދައްކައިފި.

    15:58

    މެޗުގެ ކުޅުން ފެށުނީ. ކިކް އޮފް ކުރީ ބަންގްލަދޭޝްއިން.

    15:54

    މިއަދުގެ މެޗުގައި ބަންގްލަދޭޝް ޓީމުން ބޭނުން ކުރަނީ އެ ޓީމުގެ ރަސްމީ ފެހި ކުލައިގެ ޖާޒީ. ނޭޕާލުން ބޭނުން ކުރަނީ ރަތް ކުލައިގެ ޖާޒީ.

    15:54

    މެޗު ފެށުމަށް ދެ ޓީމުގެ ކުޅުންތެރިން ވެސް ދަނޑުމައްޗަށް ނުކުމެއްޖެ.

    15:52

    މެޗު ބެލުމަށް ބަންގްލަދޭޝްގެ ގިނަ އަދަދައްގެ ސަޕޯޓަރުން ދަނޑަށް ވަދެ އެބަތިބި. ނޭޕާލުން ވެސް ކޮންމެވެސް ވަރަކަށް ސަޕޯޓަރުން ދަނޑުގެ އެކި ހިސާބުތަކުގައި ސަޕޯޓް ކުރަން ވަދެ އެބަތިބި.

    15:48

    15:46

    ނޭޕާލްގެ ފުރަތަމަ އެގާރަ:

    1. ކިރަން ކުމާރު

    2. ޑިނޭޝް ރަޖްބަންޝީ
    3. އަނަންތާ ތަމަންގް
    4. ގައުތަމް ޝްރެތާ
    5. ޕުޖާން އުޕަރްކޮތީ
    6. ޓެޖް ތަމަންގް
    7. އަންޖަން ބިސްތާ
    8. ސުޖާލް ޝްރެތާ
    9. ނަވަޔުގް ޝްރެތާ
    10. އަޔޫޝް ގަލަން
    11. ރޯހިތު ޗަންދު
    15:43

    ބަންގްލަދޭޝްގެ ފުރަތަމަ އެގާރަ:

    1. އަނިސުރް ރަހުމާން

    2. ޖަމާލް ބުޔާން
    3. ޓޮޕޫ ބަރްމާން
    4. އެމްޑީ ސުމަން ރިޒާ
    5. ބިޕްލޯ އަހުމަދު
    6. ބިޝްވަނަތު ގޯޝް
    7. ތާރިގު ރައިހާން
    8. މުހައްމަދު އިބްރާހިމް
    9. އެމްޑީ ޓުޓުލް ހޮސައިން
    10. ރާކިބް ހޮސައިން
    11. އެމްޑީ ސާދުއްދީން
    15:14

    15:13

    ސާފް ޗެމްޕިއަންޝިޕުގައި ނޭޕާލް އަދި ބަންގްލަދޭޝް ބައްދަލު ކުރާ މެޗުގެ ލައިވް ބްލޮގަށް މަރުހަބާ!