13 Oct 2021, 11:06
މޯލްޑިވިސް ޕޮލިސް ސާވިސަސްއިން ތަހުގީގު ކުރަމުންދާ ގެވެށި އަނިޔާގެ މައްސަލައަކާ ގުޅިގެން ހޯދަމުންދާ މީހެއްގެ މައުލޫމާތު ފުލުހުން އާއްމުކޮށްފިއެވެ.
ފުލުހުން ބުނީ ގެވެށި އަނިޔާގެ މައްސަލައަކާ ގުޅިގެން ސުވާލުކުރުމަށްޓަކައި ހޯދަނީ ނ. ހޮޅުދޫ، މިންވަރުގޭގެ އުމުރުން 27 އަހަރުގެ އަބްދުﷲ ރަޖީހް ކަމަށެވެ.
މީގެ އިތުރުން އެ މީހާ އުޅޭ ވަކިތަނެއް އާއިލާއަށް ނޭނގޭތީ އާއި އޭނާ އުޅޭ ތަނެއް ފުލުހުންނަށްވެސް ހޯދިފައި ނުވާތީ އޭނާ ތަހުގީގަށް ހާޒިރުވުމަށް އަންގާ ޗިޓް ރައްދުކުރެވިފައި ނުވާ ކަމަށް ފުލުހުން ބުންޏެވެ.
އެ މައްސަލައާ ގުޅިގެން ރަޖީހް ތަހުގީގަށް ހާޒިރުވާން އަންގާފައި ވަނީ މި މަހުގެ 20 ވަނަ ދުވަހުގެ މެންދުރު 13:00އަށް ހުޅުމާލެ ޕޮލިސް ސްޓޭޝަނަށެވެ.