11 Oct 2021, 22:47
ފާއިތުވެދިޔަ 24 ގަޑިއިރުގެ ތެރޭގައި ނެގި 3,312 ސާމްޕަލްގެ ތެރެއިން 74 މީހަކު ޕޮޒިޓިވް ވެއްޖެއެވެ.
ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ)ގެ ތަފާސް ހިސާބުތަކުން ދައްކާ ގޮތުން ވޭތުވެދިޔަ 24 ގަޑިއިރު ތެރޭގައި ޕޮޒިޓިވްވެފައިވަނީ، އަތޮޅުތެރެއިން 49 މީހަކާއި މާލެއިން 21 މީހުންނެވެ.
މީގެ އިތުރުން، ރިސޯޓުތަކުން ހަތަރު މީހަކު ޕޮޒިޓިވްވެފައިވެއެވެ.
ކޮވިޑްގެ އެކްޓިވް ކޭސްތަކުގެ އަދަދަކީ މިހާރު 1،205 އެވެ.
މި ބަލީގައި 12 މީހަކަށް މިހާރު ހޮސްޕިޓަލުތަކުގައި ފަރުވާދެމުން އެބަދެއެވެ. ބަލި ޖެހުނު މީހުންގެ އަދަދު 85،622 އަށް އަރައިފައިވާއިރު އޭގެ ތެރެއިން 84،170 މީހުން ވަނީ ބަލިން ރަނގަޅުވެފައެވެ.
މިއަދާ ހަމައަށް ކޮވިޑް ބަލީގައި ރާއްޖެއިން މަރުވެފައިވަނީ ޖުމްލަ 234 މީހުންނެވެ.