ކުރިއަށް އޮތް ފަސް ދުވަހު މެދުރާއްޖެ ތެރެއާއި އުތުރުގެ އަތޮޅުތަކުގެ ކަނޑު ގަދަވާނެކަމަށް މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސާވިސް (މެޓް އޮފީސް)އިން ބުނެފިއެވެ.

ހަމައެއާއެކު އެ ސަރަހައްދުތަކުގައި ކަނޑުގަދަވުމުގެ އިތުރުން ވައި ވެސް ގަދަވާނެކަމަށް އެ އިދާރާއިން ބުނެއެވެ.

މެޓް އޮފީހުން ބުނީ މޫސުން ގޯސްވާނެކަމަށް ލަފާކޮށްފައިވަނީ ރާއްޖެ ހިމެނޭ ސަރަހައްދުގައި އުފެދިފައިވާ ލޯ ޕްރެޝަރު ޓްރަފަކާ ގުޅިގެންކަމަށެވެ.

އެއާއެކު އުތުރާއި މެދުރާއްޖެތެރޭގެ ސަރަހައްދުގައި ކަނޑު ދަތުރުފަތުރުކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް މެޓުން އިލްތިމާސްކޮށްފައިވެއެވެ.

މިދިޔަ މަހުގެ ތެރޭ ވެސް ރާއްޖޭގެ ބައެއް ސަރަހައްދުތަކަށް ވަނީ މޫސުން ގޯސްވެފައެވެ. އެއާއެކު ރާއްޖޭގެ ގިނަ ސަރަަހައްދުތަކަކަށް ވަނީ އޮރެންޖު އެލާޓު ވެސް ނެރެފައެވެ.