10 Oct 2021, 22:29
ފާއިތުވެދިޔަ 24 ގަޑިއިރުގެ ތެރޭގައި ނެގި 4,147 ސާމްޕަލްގެ ތެރެއިން 83 މީހަކު ޕޮޒިޓިވް ވެއްޖެއެވެ.
ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ)ގެ ތަފާސް ހިސާބުތަކުން ދައްކާ ގޮތުން ވޭތުވެދިޔަ 24 ގަޑިއިރު ތެރޭގައި ޕޮޒިޓިވްވެފައިވަނީ، އަތޮޅުތެރެއިން 54 މީހަކާއި މާލެއިން 23 މީހުންނެވެ.
މީގެ އިތުރުން، ރިސޯޓުތަކުން ހަ މީހަކު ޕޮޒިޓިވްވެފައިވެއެވެ.
ކޮވިޑްގެ އެކްޓިވް ކޭސްތަކުގެ އަދަދަކީ މިހާރު 1,237 އެވެ.
މި ބަލީގައި 13 މީހަކަށް މިހާރު ހޮސްޕިޓަލުތަކުގައި ފަރުވާދެމުން އެބަދެއެވެ. ބަލި ޖެހުނު މީހުންގެ އަދަދު 85،548 އަށް އަރައިފައިވާއިރު އޭގެ ތެރެއިން 84،064 މީހުން ވަނީ ބަލިން ރަނގަޅުވެފައެވެ.
މިއަދާ ހަމައަށް ކޮވިޑް ބަލީގައި ރާއްޖެއިން މަރުވެފައިވަނީ ޖުމްލަ 234 މީހުންނެވެ.