10 Oct 2021, 15:21
ގއ. ކޮނޑޭގައި މިސްކިތެއް އެޅުމުގެ މަސައްކަތް އަމިއްލަ ކުންފުންޏަކާ ހަވާލުކޮށްފިއެވެ.
މި މިސްކިތް ބިނާކުރުމަށް ހަވާލުކޮށްފައިވަނީ އަމޭން މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާއެވެ.
އެކަމުގެ އެއްބަސްވުމުގައި އިސްލާމިކް މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ އިސްލާމިކް މިނިސްޓަރު ޑރ. އަހްމަދު ޒާހިރު އަލީއެވެ. އަމޭން މޯލްޑިވްސް ޕްރައިވެޓް ލިމިޓެގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު މުރުޝިދާ އަލިމަނިކުއެވެ.

ގއ. ކޮނޑޭގައި ބިނާކުރާ މިސްކިތުގެ ކުރެހުމެއް --
އިސްލާމިކް މިނިސްޓްރީގެ މީޑިއާ އޮފިޝަލް އިސްމާއިލް އަފްރާހް "ސަން" އަށް ވިދާޅުވީ 300 މީހުންގެ ޖާގައިގެ މި މިސްކިތް ބިނާކުރުމަށް 7.6 މިލިއަން ރުފިޔާ ޚަރަދުވާނެ ކަމަށެވެ.
ކޮނޑޭގައި މިސްކިތެއް ބިނާކުރުމަށް، އަމޭން މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާ ހަވާލުކޮށްފައިވަނީ 365 ދުވަހުގެ ތެރޭގައި މަސައްކަތް އެއްކޮށް ނިންމާގޮތަށެވެ.