ރައީސުލްޖުމްހޫރިއްޔާގެ ރަސްމީ ގެކޮޅު ކަމަށްވާ މުލީއާގެއިން ބައެއް ސާމާނު ނީލަން ކިޔަން އިއުލާންކޮށްފިއެވެ.

މުލިއާގެއިން ނީލަން ކިޔުމަށް ހަމަޖެހިފައިވަނީ މުލިއާގޭގައި ހުރި ދުވަސްވެ ބާވެ، ހަލާކުވެފައިވާ ބައެއް ތަކެއްޗާއި އޭގެ ބައިތަކެވެ.

އޭގެ ތެރޭގައި އޭސީއާއި ދޮންނަ މެޝިން އަދި ވޯޓާ ކޫލާ ފަދަ ތަކެތީގެ ބައިތައް ހިމެނޭ ކަމަށް މުލިއާގެއިން ނެރުނުއިއުލާނުގައިވެއެވެ.

އެ ނީލަން ބާއްވަން ހަމަޖެހިފައިވަނީ އަންނަ ހަފްތާގެ ބުދަ ދުވަހުގެ 09:30 ގައެވެ. އަދި ނީލަން ކިޔާނީ ގަލޮޅު އިރާއީ ބުކްޝޮޕް ކަންމަތީގައި ހުންނަ ލ. ރަންޖެހިކޮށީގައެވެ.

ނީލަމުގައި ބައިވެރިވާން ބޭނުންވާ މީހުން ނީލަމަށް ދާއިރު ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު ނުވަތަ އެ ކާޑުގެ ކޮޕީއެއް ގެންދަން ޖެހޭނެ ކަމަށް މުލިއާގެއިން ނެރުނު އިއުލާނުގައިވެއެވެ.