09 Oct 2021, 22:08
ފާއިތުވެދިޔަ 24 ގަޑިއިރުގެ ތެރޭގައި ނެގި 3,842 ސާމްޕަލްގެ ތެރެއިން 71 މީހަކު ޕޮޒިޓިވް ވެއްޖެއެވެ.
ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ)ގެ ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި ހިމެނެނީ އަތޮޅުތެރެއިން 43 މީހަކާއި މާލެއިން 22 މީހުންނެވެ.
މީގެ އިތުރުން، ރިސޯޓުތަކުން ހަ މީހަކު ޕޮޒިޓިވްވެފައިވެއެވެ.
ކޮވިޑްގެ އެކްޓިވް ކޭސްތަކުގެ އަދަދަކީ މިހާރު 1،264 ގައެވެ.
މި ބަލީގައި 13 މީހަކަށް މިހާރު ހޮސްޕިޓަލުތަކުގައި ފަރުވާދެމުން އެބަދެއެވެ. ބަލި ޖެހުނު މީހުންގެ އަދަދު 85،464 އަށް އަރައިފައިވާއިރު އޭގެ ތެރެއިން 83،954 މީހުން ވަނީ ބަލިން ރަނގަޅުވެފައެވެ.
މިއަދު ހުޅުމާލެ ކޮވިޑް ފެސިލިޓީގައި ކޮވިޑަށް ފަރުވާ ހޯދަމުން އައި މީހަކު މަރުވެފައިވާއިރު، ކޮވިޑް ބަލީގައި ރާއްޖެއިން މަރުވި މީހުންގެ އަދަދު ވަނީ 233 އަށް އަރާފައެވެ.