ފާއިތުވެދިޔަ 24 ގަޑިއިރުގެ ތެރޭގައި ނެގި 3,121 ސާމްޕަލްގެ ތެރެއިން 46 މީހަކު ޕޮޒިޓިވް ވެއްޖެއެވެ.

ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ)ގެ ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި ހިމެނެނީ އަތޮޅުތެރެއިން 35 މީހަކާއި މާލެއިން ހަތް މީހުންނެވެ.

މީގެ އިތުރުން، ރިސޯޓުތަކުން ހަތަރު މީހަކު ޕޮޒިޓިވްވެފައިވެއެވެ.

ކޮވިޑްގެ އެކްޓިވް ކޭސްތަކުގެ އަދަދަކީ މިހާރު 1،339 ގައެވެ.

މި ބަލީގައި 15 މީހަކަށް މިހާރު ހޮސްޕިޓަލުތަކުގައި ފަރުވާދެމުން އެބަދެއެވެ. އަދި މި ބަލިން 83،809 މީހުން ވަނީ މިހާރު ރަނގަޅުވެފައެވެ.

މިއަދު އައްޑޫ ސިޓީގައި ކޮވިޑަށް ފަރުވާ ހޯދަމުން ދިޔަ މީހަކު ވަނީ މަރުވެފައެވެ. އެއާއެކު ކޮވިޑް ބަލީގައި ރާއްޖެއިން މަރުވި މީހުންގެ އަދަދު ވަނީ 233 އަށް އަރާފައެވެ.