ސިނަމާލެ ބްރިޖު ހައިވޭގައި ސައިކަލެއްް ކަހައިލައި އެ ސަައިކަލު ދުއްވަން އިން މީހާއަށް އަނިޔާވެއްޖެއެވެ.

ސައިކަލު ކަހައިލައި އެ ހާދިސާ ހިނގާފައިވަނީ މިއަދު އިރުއޮއްސުނު ވަގުތުގެ ފަހުންނެވެ. އޭނާ ދަތުރުކުރަމުން ދިޔައީ ހުޅުމާލެއަށެވެ.

މި ހާދިސާއާ ގުޅޭގޮތުން ފުލުހުން "ސަން"އަށް ވިދާޅުވީ އެ ސައިކަލެއް ކަހައިލައި އެކްސިޑެންޓެއް ހިނގިކަމުގެ މައުލޫމާތު ފުލުހުންނަށް ލިބިފައިވާކަމަށެވެ.

އަދި އެ އަނިޔާވި މީހާއާއަށް ފަރުވާ ދިނުމުގެ ގޮތުން ހޮސްޕިޓަލަށް ގެންގޮސްފައިވާކަމަށެވެ.

މި ހާދިސާގައި އަނިޔާވެފައިވަނީ ފިރިހެނަކަށެވެ.