Last Updated:
4 year 2 month ago

ސާފް ޗެމްޕިއަންޝިޕް: ރާއްޖެ 2 - 0 ބަންގަލްދޭޝް

    ބުލޮގު ޚުލާސާ

    ސާފް ޗެމްޕިއަންޝިޕުގައި މިރޭ ރާއްޖެއާއި ބަންގްލަދޭޝް ބައްދަލު ކުރާ މެޗަކީ ދެ ޓީމަށް ވެސް މުބާރާތުގައި ކުރިއަށް ދިއުމަށް ފައިނަލެއް ފަދަ މުހިއްމު މެޗެކެވެ.

    މިރޭގެ މެޗުން ރާއްޖެ ބަލިވެއްޖެ ނަމަ މުބާރާތުގެ ފައިނަލަށް ދިއުމުގެ ދޮރު ރާއްޖެއަށް ބަންދުވާނެއެވެ. އަނެއްކޮޅުން އެންމެ ފަހު މެޗުގައި 10 މީހުންނާ އެކު ކުޅެ އިންޑިއާ ބަލިކުރި ބަންގްލަދޭޝް މިރޭގެ މެޗުން މޮޅުވެއްޖެ ނަމަ ހަތް ޕޮއިންޓާ އެކު މުބާރާތުގެ ފައިނަލަށް އެއް ފިޔަވަޅު ގާތް ކުރާނެއެވެ.

    ފުރަތަމަ މެޗުގައި ބަންގަލަދޭޝްއިން ސްރީލަންކާއާ ދެކޮޅަށް ކުޅެ މޮޅުވީ 0-1 އިންނެވެ. ބަންގަލްދޭޝއިން ދެވަނަ މެޗުގައި 1-1 އިން އިންޑިއާ އެއްވަރުކޮށްފައިވާ އިރު ރާއްޖެ ފުރަތަމަ މެޗުގައި ބަލިވީ 0-1 ނޭޕާލް އަތުންނެވެ. ރާއްޖެއިން އެ މެޗުގައި މޮޅު ކުޅުމެއް ދެއްކި ނަމަވެސް ގޯލެއް ޖެހުމުގެ ނަސީބު ނުލިބުނީއެވެ.

    ރާއްޖެ އާއި ބަންގްލަދޭޝް އެންމެ ފަހުން ގަލޮޅު ދަނޑުގައި ބައްދަލުކުރީ 2016 ވަނަ އަހަރު ރަހުމަތްތެރިކަމުގެ މެޗެއްގަ އެވެ. ބަންގްލަދޭޝްގެ އެތައް ހާސް ސަޕޯޓަރުންނެއް ކުޅިބަލަން ދަނޑަށް ވަންއިރު ރާއްޖޭން މެޗް ކާމިޔާބުކުރީ 5-0 އިންނެވެ.

    ރާއްޖޭން ސާފް ޗެމްޕިއަންޝިޕް މުބާރާތުގައި 1997 ވަނަ އަހަރު ވާދަކުރަން ފެށިއިރު ފުރަތަމަ ނުކުންނަން ޖެހުނީ ވެސް ބަންގްލަދޭޝްއާ އެވެ. އެމެޗު ނިމުނީ 1-1 އިން އެއްވަރު ވެގެންނެވެ. އެއަށް ފަހު ރާއްޖޭން ބަންގާޅާ ދެކޮޅަށް ކުޅުނީ 2003 ވަނަ އަހަރުގެ މުބާރާތުގަ އެވެ.

    ބަންގްލަދޭޝްގައި ސާފް ޗެމްޕިއަންޝިޕް މުބާރާތް ބޭއްވި އެ އަހަރު އެ ގައުމުން ވަނީ މުބާރާތުގައި ރާއްޖެ ދެ ފަހަރު ބަލިކޮށްފަ އެވެ. ގުރޫޕް ސްޓޭޖުގައި 1-0 އިން ރާއްޖެ ބަލިކުރިއިރު، ފައިނަލުގައި ބަންގްލަދޭޝް މޮޅުވީ ޕެނަލްޓީ ޖަހައިގެންނެވެ. އެއަށް ފަހު ރާއްޖެ އާއި ބަންގްލަދޭޝް ސާފް ޗެމްޕިއަންޝިޕުގައި ވާދަކުރި ދެ މެޗުވެސް ކާމިޔާބުކުރީ ދިވެހިރާއްޖެ އެވެ.

    22:47

    މެޗު ނިމުނީ. ރާއްޖެ 2 - 0 ބަންގްލަދޭޝް

    22:45

    '90:00 - އިތުރު ވަގުތުގެ ތިން މިނަޓު ރެފްރީ ދައްކައިފި.

    22:42

    22:40

    '88:37 - މިހާރުގެ ސްކޯ އަކީ ރާއްޖެ 2 - 0 ބަންގްލަދޭޝް

    22:39

    '83:00 - ރާއްޖެއިން ބަދަލެއް. ހަމްޒާގެ ބަދަލުގައި ކުޅެން ނުކުތީ އަސަދުﷲ އަބްދުﷲ

    22:32

    '81:55 - ރާއްޖެއަށް ހިލޭ ޖެހުމެއް. ކުރިއަށް ފޮނުވާލަން ގޮސް ހުރި ސެންޓޭ ފޮނުވާލި ބޯޅަ ގޯލު އަރިމަތިން ބޭރަށް.

    22:31

    '75:00 - ސެންޓޭ ކުޑަ އޭރިއާ ބޭރުން ފޮނުވާލި ހަމަލާ ބަންގްލަދޭޝް ކީޕަރު ދިފާއު ކޮށްފި.

    22:30

    މިހާރުގެ ސްކޯ އަކީ ރާއްޖެ 2 - 0 ބަންގްލަދޭޝް

    22:29

    '73:35 - ރާއްޖެ ގޯލު. ޕެނަލްޓީ ފޮނުވާލީ އަޝްފާގު.

    22:28

    '72:22 - ރާއްޖެއަށް ޕެނަލްޓީ. ހަސަން ނާއިޒް ބޯޅަ ހިފައިގެން އޭރިއާ ތެރެއަށް ވަތްތަނުން އޭނާއަށް ފައުލް ކުރީ.

    22:25

    22:23

    '70:30 - މެޗުގެ 70 މިނަޓު ކުޅެވުނު އިރު މެޗު ޑޮމިނޭޓް ކުރަނީ ރާއްޖެއިން. މިހާރުގެ ބޯލް ޕޮޒެޝަނަކީ ރާއްޖެ 66 ބަންގްލަދޭޝް 34.

    22:20

    '66:00- ރާއްޖެއިން ބަދަލެއް. ނިހާޓުގެ ބަދަލުގައި ކުޅެން ނުކުތީ އުމެއިރު.

    22:20

    '63:00 - ރާއްޖޭގެ މިޑްފީލްޑަރު ނިހާޓުއަށް އަނިޔާވެގެން ދަނޑުމަތީގައި ފަރުވާދެނީ.

    22:18

    ރާއްޖޭގެ ގޯލާއެކު ބަންގްލަދޭޝްއިން ޓީމު ކުރިއަށް ޖައްސައި، ހަމަލާއެއް އުފެއްދުމަށް މަސައްކަތް ކުރަނީ.

    22:14

    '59:45 - ބަންގްލަދޭޝްގެ އެމްޑީ ޖުވެލް ރަނާ ކުރި ފައުލަކާ ގުޅިގެން އޭނާއަށް ރީންދޫ ކާޑެއް ދައްކައިފި.

    22:12

    މިހާރުގެ ސްކޯ އަކީ ރާއްޖެ 1 - 0 ބަންގްލަދޭޝް

    22:11

    ރާއްޖޭގެ ހަމްޒާ ގޯލަށް ފޮނުވާލީ އޯވާ ހެޑް ކިކަކުން. މިއީ މިފަހަރުގެ ސާފް ޗެމްޕިއަންޝިޕުގައި ޖެހި އެންމެ ރީތި އެއް ގޯލު.

    22:10

    '54:50 - ރާއްޖެ ގޯލު.

    22:09

    މިރޭގެ މެޗުގައި ވެސް ރާއްޖޭގެ ގިނަ އަދަދެއްގެ ސަޕޯޓަރުން ދަނޑަށް ވަދެ ތިބި އިރު، މެޗުގެ ފޯރި ފެންނަނީ ވަރަށް ގަދަކޮށް.

    22:07

    '52:42 - ސެންޓޭ އޭރިއާ ބޭރުން ފޮނުވާލި ބާރު ހަމަލާއެް ބަންގްލަދޭޝް ޓީމުގެ ކީޕަރު ވެއްޓިގެންފައި ދިފާއުކޮށްފި.

    22:04

    '49:50 - ރާއްޖެއަށް ކޯނަރެއް. ކޯނަރުގެ ބޭނުން ނުކުރެވި ބަންގްލަދޭޝްއަށް ކައުންޓާ އެޓޭކް ހެދުމުގެ ފުރުސަތު.

    22:03

    ފޭދޫ އިއްބެގެ ބަދަލުގައި ދެވަނަ ހާފަށް ރާއްޖެ ނުކުތީ ނާއިޒް ހަސަން (ދާދު) ޓީމުގައި ހިމަނައިގެން.

    22:02

    ދެވަނަ ހާފުގެ ކުޅުން ފެށުނީ. ކޮށްޓުން ބަންގްލަދޭޝް ޓީމަށް.

    21:48

    21:47

    މެޗުގެ ފުރަތަމަ ހާފު ނިމުނީ. ރާއްޖެ 0 - 0 ބަންގަލްދޭޝް

    21:46

    އަޝްފާގު ފޮނުވާލި ފްރީކިކް ގޯލަށް ވަދެވަދެ އިންދާ ބަންގްލަދޭޝްގެ ކީޕަރު އަނިސުރް ރަހްމާން ދިފާއުކޮށްފި.

    21:45

    '45+1 - ރާއްޖެއަށް އަނެއްކާވެސް ޖެހުމެއް. ފޮނުވަލަނީ އަޝްފާގު

    21:44

    ރާއްޖެއަށް ލިބުނު ފްރީކިކް ކުރިއަށް ފޮނުވާލަން ގޮސް ހުރީ އަޝްފާގް. އަޝްފާގު ބަލާލާފައި ފާސިރުއަށް ޖައްސާލީ. ފާސިރު ޖެހި ބޯޅަ ކުޅުންތެރިއަކު ގައިގައި ޖެހިފައި ބޭރަށް.

    21:42

    '43:00 - އަލީ ފާސިރު ދެ ކުޅުންތެރިން ކައިރިން ނައްޓާލާފައި އޭރިއާ ތެރެއަށް ވަންނަން މަސައްކަތް ކުރަނިކޮށް އޭނާއަށް ފައުލް ކޮށްފި.

    21:41

    '41:52 - ރާއްޖޭގެ ފޯވާޑް ހަމްޒާ އޭރިއާ ތެރެއިން ޑައިވް ކުރީ ކަމަށް ބަލައި އޭނާއަށް ރީންދޫ ކާޑު.

    21:37

    '40:00 - ރާއްޖެއަށް ކޯނަރެއް. ފާސިރު ނަގައިދިން މަތި މަތިން ގޮސް ބޭރަށް.

    21:31

    '36:00 - ނިހާން އޭރިއާ ތެރެއަށް ވަދެ، ހުސްކޮށްލާފައި ނަގައިދިން ބޯޅައަށް އަރާނެ ކުޅުންތެރިއަކު ނުވި.

    21:29

    '30:30 - މެޗުގެ ފުރަތަމަ 30 މިނަޓް ކުޅެވިގެން ދިޔައިރު، ދެ ޓީމުން ކުރެން އެއްްވެސް ޓީމަކަށް ގޯލެއް ނުޖެހޭ.

    21:28

    '28:50 - ރާއްޖެއަށް ގޯލު ޖަހާނެ ރަނގަޅު ފުރުސަތެއް. ލައިންސްމަން ނިންމީ އޮފްސައިޑެއް ކަމަށް.

    21:26

    '26:50 - ފޭދޫ އިއްބެއަށް ކުރި ފައުލަކާ ގުޅިގެން ބަންގްލަދޭޝްގެ ޑިފެންޑަރު ޔާސީން އަރަފާތު އަށް ރީންދޫ ކާޑު.

    21:23

    '25:50 - އަޑޭގެ ބަދަލުގައި ކުޅެން ނުކުތީ އައިސަމް

    21:22

    އަޑޭއަށް އިތުރަށް ކުޅުން ކުރިއަށް ގެންދެވެން ނެތް ކަމަށް ބުނުމާ އެކު ދިވެހި ޓީމު ބަދަލަކަށް ތައްޔާރުވަނީ.

    21:21

    ރާއްޖޭގެ މިޑްފީލްޑަރު އަޝްހަދު (އަޑޭ) އަށް އަނިޔާވެގެން ދަނޑު މަތީގައި ފަރުވާ ދެނީ.

    21:20

    '21:20 - ބަންގްލަދޭޝްއަށް ކޯނަރެއް. ކޯނަރު ނަގަން ގޮސް ހުރީ ޖަމާލް.

    21:16

    '19:20 - މެޗުގެ މިހާތަނަށް ދެ ޓީމަށް ވެސް ގޯލު ޖަހާނެ މާ ހުސް ފުރުސަތެއް ނުލިބޭ.

    21:14

    '15:00 - ދެ ޓީމުގެ ފަރާތުން ވެސް ޖުމުލަކޮށް ފެންނަނީ ހަމަހަމަ ކުޅުމެއް.

    21:12

    21:09

    ބަންގްލަދޭޝް ކުޅުންތެރިންގެ ފަރާތުން ރާއްޖެ ކުޅުންތެރިންނަށް ގިނަ އަދަދަކަށް ދަނީ ފައުލް ކުރަމުން.

    21:07

    '8:34 - ބަންގަލަދޭޝް ޓީމުން ހަމަލާއެއް އުފައްދައިފި. އެ ޓީމުގެ ކުޅުންތެރިޔާ ފޮނުވާލި ބޯޅަ ދިޔައީ ހުރަސް ދަނޑިމަތިން ބޭރަށް.

    21:04

    '6:15 - ރާއްޖެއަން ގޯލު ޖަހާނެ ރަނގަޅު ފުރުސަތެއް ތަނަވަސްކޮށްފި. ބަންގްލަދޭޝް ޑިފެންސުގެ މަތިން ހަމްޒާ ވައްޓާލި ބޯޅާ އިބްރާހިމް މަހުދީ (ފޭދޫ އިއްބެ) އަށް ކޮންޓްރޯލެއް ނުވި.

    21:02

    '3:55 - ރާއްޖެއަށް ނުރައްކާތެރި ހިސާބަކުން ހިލޭ ޖެހުމެއް. ހިލޭ ޖެހުން ފޮނުވާލަން ގޮސް ހުރީ އަލީ ފާސިރު (ސެންޓޭ)

    21:00

    '1:28 - ބަންގަލްދޭޝްއަށް ޖެހުމެއް. ބަންގަލްދޭޝް ކުޅުންތެރިޔާއަށް ފައުލު ކުރީ އަޝްހަދު (އަޑުބަރޭ)

    21:00

    20:56

    މެޗު ފެށިއްޖެ. ކޮށްޓުން ރާއްޖެއަށް.

    20:54

    މިރޭގެ މެޗުގައި ރާއްޖޭގެ ޓީމުން ބޭނުން ކުރާނީ ރާއްޖޭގެ ރަސްމީ ޖާޒީ، ރަތް ކުލައިގެ ޖާޒީ. ބަންގްލަދޭޝް ޓީމުން ބޭނުން ކުރަނީ ފެހި ކުލައިގެ ޖާޒީ.

    20:53

    މެޗު ފެށުމަށް ދެ ޓީމުގެ ކުޅުންތެރިން ވެސް ދަނޑުމައްޗަށް ނުކުމެއްޖެ.

    20:43

    މި ފަހަރުގެ ސާފް ޗެމްޕިއަންޝިޕްގައި ބަންގްލަދޭޝާ ހަވާލުވެހުރީ ރާއްޖޭގެ ނިއު ރޭޑިއަންޓަށް އެއް އަހަރު ދުވަހު ކޯޗުކޮށްދިން ސްޕެއިންގެ ކޯޗު އޮސްކާ ބްރުޒޮން

    20:40


    ބަންގްލަދޭޝްގެ ފުރަތަމަ އެގާރަ:

    1. އަނިސުރް ރަހްމާން - 13

    2. ޖަމާލް ބުޔާން - 6

    3. ޔާސިން އަރަފާތު - 2

    4. ޓޮޕޫ ބަރްމާން - 4

    5. އެމްޑީ ރަހްމަތު މިއާ 3

    6. ބިޕްލޯ އަހަމެދް - 8

    7. ސޮހެލް ރަނާ 11

    8. ތާރިގް ރައިހާން - 14

    9. އެމްޑީ ޖެވެލް ރަނާ - 15

    10. އެމްޑީ ސާދު އުއްދީން 22

    11. ރަކީބް ހޮސެން - 21

    20:35

    ދިވެހިރާއްޖޭގެ ފުރަތަމަ އެގާރަ:

    1. މުހައްމަދު ފައިސަލް (ކީޕަރު)

    2. ސަމޫހު އަލީ
    3. އަކްރަމް އަބްދުލް ޢަނީ (ކެޕްޓަން)
    4. ހައިޝަމް ހަސަން
    5. އަލީ އަޝްފާގު
    6. އިބްރާހިމް މަހުދީ ހުސެއިން
    7. ހަމްޒާ މުހައްމަދު
    8. ހުސައިން ނިހާން
    9. އަސްހަދު އަލީ
    10. ހުސައިން ޝިފާއު (ކުރޯ)
    11. އަލީ ފާސިރު
    20:34

    ސާފް ޗެމްޕިއަންޝިޕުގައި ރާއްޖެ އަދި ބަންގްލަދޭޝް ބައްދަލު ކުުރާ މެޗުގެ ލައިވް ބްލޮގަށް މަރުހަބާ!