07 Oct 2021, 13:09
އެސްޓީއޯއިން މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އަށް ތެލާއި ގޭސް ފޯރުކޮށްދޭ އެއްބަސްވުމުގެ މުއްދަތު އިތުރުކޮށްފިއެވެ.
އެސްޓީއޯއިން އެމްއޭސީއެލްއަށް މެދު ނުކެނޑި ތެޔޮ ސަޕްލައި ކޮށްދޭތާ މިހާރު ގިނަ އަހަރު ތަކެއް ވެފައިވާއިރު، އެކަމާ ގުޅޭ އެއްބަސްވުން އިތުރު އެއް އަހަރާއި ހަ މަހުގެ މުއްދަތަކަށް ވަނީ އާކޮށްފައެވެ.
އެ އެއްބަސްވުމުގެ ދަށުން ވެލާނާ އެއާޕޯޓަށް ބޭނުންވާ އޭވިއޭޝަން ޖެޓް އޭ 1 ފިއުލް އަދި މެރިން ގޭސް އޮއިލް އެސްޓީއޯއިން ސަޕްލައި ކޮށްދޭނެއެވެ.
އިއްޔެ މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑްގެ ހެޑް އޮފީހުގައި ބޭއްވި އެ ރަސްމިއްޔާތުގައި އެސްޓީއޯގެ ފަރާތުން އެއްބަސްވުމުގައި ސޮއި ކުރެއްވީ އެ ކުންފުނީގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރު ހުސެން އަމްރު މުހައްމަދު ރަޝާދެވެ. އަދި އެމްއޭސީއެލްގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު ގޯޑަން އެންޑްރޫ ސްޓޫވާޓްއެވެ.
ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓަށް ތެޔޮ ސައިޕްލައި ކޮށްދިނުމުގެ އިތުރުން، ކައްދޫ، ކާޑެއްދޫ، އަދި ހަނިމާދޫ އެއަޕޯޓުގައި އޭވިއޭޝަން ރިފިއުލިން ހިދުމަތް ވެސް ދެނީ އެސްޓީއޯއިންނެވެ.